Tuesday, 28 July 2026

ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާ ހަމައަށް ވައިޓް އެލާޓް ނެރެފި

މޫސުން ގޯސްވާނެ ކަމަށް ބަލައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ — މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގައިވާ ރަށްތަކަށް މިއަދު މެންދުރު 12:30 އިން އިރުއޮއްސި 6:00 އަށެވެ.

މި ގަޑިތަކުގައި ބޯކޮށް ވާރޭ ވެހުމާ އެކުގައި ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ހުދު ސަމާލުގައިވެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމުގައި މެޓް އޮފީހުން ހާމަކުރެއެވެ.

އުތުރާއި އިރުއުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރާއިރު، ކަނޑުތައް ގަދަވެ ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގައި ކަމަށްވެސް ލަފާކޮށްފައިވެ އެވެ. މެޓުން ލަފާކޮށްފައި ވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *