Tuesday, 28 July 2026

ގިނަ ވަގުތު ޑޮކްޓަރުން ޚިދުމަތް ދިނުމުގައި ހޭދަކުރެވޭނެ ނިޒާމެއް ޤާއިމްކުރަނީ

ގިނަ ވަގުތު ޑޮކްޓަރުން ޚިދުމަތް ދިނުމުގައި ހޭދަކުރެވޭނެ ނިޒާމެއްވެސް ޤާއިމްކުރުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ކޮންމެ ދުވަހަކު ވެސް ގެނެސްދެމުން އަންނަ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓްގައި ލ.މާބައިދޫ، ލަކްސްލިން، އާދަމް އަބްދުﷲ ބުނެފައިވަނީ ބަލި މީހުން ޑޮކްޓަރަށް ދެއްކުމުގެ ކަންކަން ކުރަން ޖެހެނީ ވަރަށް އުނދަގުލުން ކަމަށެވެ. އެގޮތުން އެންމެ ބޮޑަށް ދިމާވާ ކަމަކީ އެޕޮއިންޓްމަންޓް ނުލިބި މާ ބޮޑަށް ލަސްވުން ކަމަށާއި އެ ނިޒާމު ރަނގަޅު ކުރަން ކުރަނީ ކޮން މަސައްކަތެއްތޯ އޭނާ ސުވާލު ކުރިއެވެ.

އާދަމް ޢަބްދުﷲގެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެޕޮއިންޓްމަންޓް ހައްދާއިރު، އެޕޮއިންޓްމަންޓް ލިބޭ ދުވަސް އެނގޭނެ ގޮތަށް ނިޒާމު ބަދަލުކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށެވެ. އަދި ގިނަ ވަގުތު ޑޮކްޓަރުން ޚިދުމަތް ދިނުމުގައި ހޭދަކުރެވޭނެ ނިޒާމެއްވެސް ޤާއިމްކުރުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ސިއްހީ ނިޒާމު ވަރުގަދަ ކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތު ކަމަށެވެ. އެގޮތުން އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް ފަދަ ސްޕެޝަލިސްޓުންނަށް ވަޒީފާ ދިނުމަކީ ކުރާ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ސްޕެޝަލިސްޓުން ނެތް ދާއިރާތަކަށް ސްޕެޝަލިސްޓުން ހޯދުމަކީ ވެސް ކުރަން ފަށާފައިވާ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުން ރާއްޖޭގައި ތިބި ސްޕެޝަލިސްޓުން ވަޒީފާ ދިނުމަކީ އަޅުގަނޑު މަސައްކަތްކުރާ އެއް ކަންތައް. އޭގެ އިތުރަށް، ރާއްޖޭގައި ސްޕެޝަލިސްޓުން ނެތް ދާއިރާތަކަށް، ބޭރުން ސްޕެޝަލިސްޓުން ހޯދުންވެސް އެއީ މިހާރު ފަށާފައިވާ މަސައްކަތެއް" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވީހާވެސް ގިނަ ސްޕެޝަލިސްޓުންނާއި ސުޕަ ސްޕެޝަލިސްޓުން އިތުރު ކުރެވޭ ވަރަކަށް އިންތިޒާރުގައި މަޑު ކުރެވޭ ވަގުތު މަދުވެގެން ދާނެ ކަމަށެވެ. އެހެންވެ، މާލެ ސަރަހައްދާ އެކީގައި ރަށްރަށުގައި ވެސް ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން މަސައްކަތް ކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *