Tuesday, 28 July 2026

މާކެޓާސް ސަމިޓް 2024 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު!

މާކެޓާސް ސަމިޓް 2024ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ. ދިރާގުގެ އޮފިޝަލް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޕޯސްޓްކޮށް އެފަރާތުން  މާކެޓާސް ސަމިޓްގެ ޕާޓްނަރަކަށް ސޮއިކުރެެއްވިކަން އިއުލާންކޮށްފައިވަނީ އިއްޔެ ހަވީރުގައެވެ.

މިފަހަރުގެ މާކެޓާސް ސަމިޓުގައި ވާހަކަ ދެކެވިގެންދާނީ "މަސްނޫއީ ތޫނުފިލިކަމާއިއެކު މާކެޓިން ދާއިރާއަށް އަނަންމުންދާ ބަދަލުތައް" މިމައުލޫއަށެވެ.

މިއަހަރުގެ ސަމިޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 އާއި 24 ވަނަ ދުވަހުގައެވެ. އަދި ސަމިޓުގައި ބައިވެރިވުމަށް މިހާރުވެސް ވަނީ ހުޅުވާލެވިފައެވެ. މިސަމިޓުގައި ރާއްޖެއިން ބޭރުގެ 11 ތަޖުރިބާކާރުންނާއި ރާއްޖޭގެ އެކިއެކި މުއާސަސާތަކުގައި މަސައްކަތްކުރާ ތަޖުރިބާކާރުންގެ ބައިވެރިވުންވެސް ހިމެނިގެންދާނެއެވެ. އަދި މުޅިންއަލަށް މިފަހަަރުގެ ސަމިޓުގައި ދިވެހި ބަސް ބޭނުންކޮށްގެން މާކެޓިން ދާއިރާއަށް ބޭނުންކުރެވިދާނެ އެކިއެކި އުކުޅުތައްވެސް ހުށަހަޅައިދެވޭނެކަމަށް ސަމިޓުގެ އިންތިޒާމްވެރިން މައުލޫމާތުދެއެވެ.

މިފަހަރުގެ ސަމިޓުގައި މިހާތަނަށް 30 ޕާޓްނަރުންނާއި ސްޕޮންސަރުން ސޮއިކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *