މާކެޓާސް ސަމިޓް 2024 ގެ އޮންލައިން ޕާޓްނަރ އަކަށް ރާއްޖެ24 ހަމަޖައްސައިފި އެެވެ.
މާކެޓާސް ސަމިޓް 2024 ގެ ޕާޓްނަރުންނާއި ސްޕޮންސަރުންނާއިއެކު ސޮއިކުރުމަށް ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި އޮންލައިން ޕާޓްނަރ އެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ރާއްޖެ24 ފަރާތުން ސޮއި ކޮށްފައިވަނީ ސީއީއޯ ނަޒީމް ނައުޝާދު އެވެ.
އެމްއެންޔޫގެ ބިޒްނަސް ސްކޫލްގައި ބޭއްވުނު މިހަފްލާގައި 31 އޮފިޝަލް ޕާޓްނަރުންނާއި ސްޕޮންސަރުން ސޮއިކޮށްފައިވެއެވެ.
މިއަހަރުގެ ސަމިޓު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 23 އާއި 24 ވަނަ ދުވަހުގައެވެ. އަދި މިފަހަރުގެ ސަމިޓް ޚާއްސަ ކުރެވިގެންދާނީ "މަސްނޫއީ ތޫނުފިލިކަމާއިއެކު މާކެޓިން ދާއިރާއަށް އަނަންމުންދާ ބަދަލުތައް" މިމައުލޫއަށެވެ.


