Tuesday, 28 July 2026

ރައީސް ޑރ. މުއިއްޒު ދުބާއީއަށް ފުރާވަޑައިގެންފި

ވޯލްޑް ގަވަމެންޓް ސަމިޓު 2024 ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީއަށް ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.

"ވޯލްޑް ގަވަމަންޓްސް ސަމިޓް 2024″ އޮންނާނީ މާދަމާ އިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށެވެ. އިންވެސްޓްމަންޓް ފޯރަމް ބާއްވާނީ އަންނަ އަންގާރަ ދުވަހު އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރައީސްގެ އެ ދަތުރުފުޅަކީ ޔޫއޭއީގެ ވައިސް ޕްރެޒިޑެންޓް، ބޮޑުވަޒީރު، ޔޫއޭއީގެ މިނިސްޓާ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިޚް މުހައްމަދު ބިން ރާޝިދު އަލް މަހުތޫމްގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ރައީސް މުއިއްޒާ އެކު، އިންވެސްޓްމަންޓް ފޯރަމުގައި ބައިވެރިވެވަޑައިގަންނަވާ ރާއްޖޭގެ ވަފުދުގައި ބައެއް މިނިސްޓަރުންނާއި ބައެއް ކުންފުނިތަކުގެ ވެރިންނާއި އަމިއްލަ ވިޔަފާރިވެރިން ހިމެނިވަޑައިގަންނަވަ އެވެ.

އެ ސަމިޓުގައި ރައީސް ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ އިރު، ސަމިޓަށް ވަޑައިގަންނަވާ ބައެއް އިއްޒަތްތެރިންނާއެކު ބައްދަލުކުރެއްވުންތައް ބޭއްވެވުމަށް ވެސް ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ. އަދި މިމަހުގެ 13 ވަނަ ދުވަހު ދުބާއީގައި ބާއްވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމުގައި ވެސް ރައީސް ބައިވެރިވެވަޑައިގެން ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އިންވެސްޓްމަންޓް ފޯރަމްގެ އިތުރުން ވޯލްޑް ގަވަމެންޓްސް ސަމިޓްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވާއިރު، މިއީ ރާއްޖޭގެ ރައީސަކު އެ ސަމިޓުގައި ބައިވެރިވެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *