Tuesday, 27 October 2026

ކޮޗިންގައި ހިނގި ނުރައްކާތެރި އެކްސިޑެއްޓެގައި ދިވެހިންތަކަކަށް އަނިޔާވެއްޖެ!

އިންޑިއާގެ ކޮޗިންގައި ދިވެހިންތަކެއް އެކްސިޑެންޓްވެގެން ފަރުވާ ދޭން ފަށައިފި އެވެ.

އިއްޔެ ހެނދުނު ކޮޗިންގައި ހިނގި ހާދިސާގައި އަނިޔާވީ ރ. އަލިފުއްޓަށް ނިސްބަތްވާ އާއިލާއެއްގެ ތިން އަންހެނަކަށެވެ. އެއީ 54 އަހަރުގެ މީހަކާއި 50 އަހަރުގެ މހެއްގެ އިތުރުން 25 އަހަރުގެ މީހެކެވެ.

އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގީ ކޮޗިންއާ ކައިރި ހުރި ހޮސްޕިޓަލަކަށް ޑޮކްޓަރަށް ދައްކަން ދިއުމަށް ގޮސްފައި އަނބުރާ ޓްރިވެންޑްރަމަށް ދިޔަ މަގުމަތީގަ ގަ އެވެ. އެކްސިޑެންޓު ހިނގަން ދިމާވީ އެ މީހުން ދަތުރުކުރި ކާރު ހައިވޭ މަތިން ޑްރައިވަރު އެއް ފަޅީގައި މަޑުކޮށްލި ވަގުތު އަނެއް ފަޅިން ދިޔަ ކާރެއްގައި ޖެހިގެންނެވެ.

އެ މީހުންނަށް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ އިރު، ހާލު ސީރިއަސް އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *