Tuesday, 28 July 2026

އިސްރާއީލުން ޣައްޒާއަށް ޙަމަލާތައް ދެމުންދާ ދަނޑިވަޅުގައި މިސްރުން ބޯޑަރުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށްފި

ޣައްޒާ އާއި މިސްރާއި ގުޅޭ ހިސާބުުގެ މެދުގައި އޮންނަ ބޯޑަރު ސަރަހައްދުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް މިސްރުން އަޅަމުންދާ ސިލްސިލާ ފިޔަވަޅުތަކުގެ ދަށުން ފާއިތުވި ދެ ހަފުތާގެ ތެރޭގައި 40 ވަރަކަށް ޓޭންކާއި ހަތިޔާރު އިރުއުތުރު ސިނާއީއަށް ފޮނުވާފައިވާ ކަމަށް މިސްރުގެ ސަލާމަތީ ދެ މަސްދަރަކުން ބުނެފި އެވެ.
ޣައްޒާގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ރަފާހްގެ ވަށައިގެން އިސްރާއީލުގެ އަސްކަރީ އޮޕަރޭޝަންތައް ފުޅާކުރުމުގެ ކުރިން، އެ ގައުމުގެ އާބާދީގެ ބޮޑު ބައެއް ރައްކާތެރިކަމަށް އެދުމުން، ފަލަސްތީނު މީހުން އެންކްލޭވްއިން ބޭރުކުރަން މަޖުބޫރުވެދާނެ ކަމުގެ ބިރު މިސްރުގައި ވަނީ ބޮޑުވެފަ އެވެ.

އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން މިދިޔަ ހުކުރު ދުވަހު ބޯޑަރު ކައިރީގައި އޮންނަ ރަފާހްއަށް ހަމަލާ ދީފައިވާއިރު، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ގެދޮރު ގެއްލިފައިވާ މީހުން ހުސްކުރުމަށް ތައްޔާރުވުމަށް އަސްކަރިއްޔާއަށް އަންގާފަ އެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު އިސްރާއީލާއި ހަމާސްއާ ދެމެދު ހަނގުރާމަ ފެށުނު ފަހުން މިސްރުން ވަނީ ބިމުން ހަ މީޓަރު އަޑިއަށް، ކޮންކްރީޓް ބޯޑަރު ފާރެއް ހަދައި، އެންމެ މަތީގައި ކަނޑި ޖަހާފައެވެ. މީގެ އިތުރުން ބޯޑަރު ޕޯސްޓުތަކުގައި (ބާރމް) ދިގު ވަޅުތައް ހަދައި، މޮނިޓަރިންގެ ހާލަތު ވެސް އިތުރުކޮށްފައިކަމަށް ސަލާމަތީ ފަރާތްތަކުން ބުނެ އެވެ.

ހަމާސް އިން މިސްރުން އެތެރެކުރި ހަތިޔާރު ހޯދާފައިވާ ކަމަށް އިޒްރޭލުން ލަފާ ދިނުމާ ގުޅިގެން މިސްރުގެ ސްޓޭޓް އިންފޮމޭޝަން ސާވިސް އިން މިދިޔަ މަހު ވަނީ އެ ގައުމުގެ ބޯޑަރު ސަރަހައްދުގައި އެޅި ބައެއް ފިޔަވަޅުތައް ތަފްސީލުކޮށް ދީފަ އެވެ. އަދި ހުރަސްތަކުގެ ތިން ލައިންގެ ސަބަބުން އެއްވެސް އޯވާގްރައުންޑް ނުވަތަ އަންޑަގްރައުންޑް ސްމަގްލިން ނުކުރެވޭނެ ކަމަށް އެ ބަޔާނުގައި ވެ އެވެ.

މިނިވަން ޖަމާއަތެއް ކަމަށްވާ ސިނާއީ ފައުންޑޭޝަން ފޯ ހިއުމަން ރައިޓްސް އިން ރޮއިޓާސްއާ ހިއްސާކުރި ފޮޓޯތަކުން ފެންނަ ގޮތުގައި މިދިޔަ ޑިސެމްބަރު މަހު ފާރު ހަރުކޮށްފައިވާ އިރު، އޭގެ ފަހަތުގައި ގިނަ ބާރމްތަކެއް ހަދާފައި ވެއެވެ.

ޖެނުއަރީ އަދި ޑިސެމްބަރު މަހުގެ ސެޓެލައިޓް ފޮޓޯތަކުން ވެސް ފެންނަނީ ރަފާހު ކައިރީގައި އޮންނަ 13 ކިލޯމީޓަރު (8 މޭލު) ގެ ބޯޑަރު ސަރަހައްދުގައި އާ އިމާރާތްތަކެއް ހެދުމާއި އޭގެ އުތުރު ކޮޅުގައި ކަނޑުގެ އައްސޭރިއަށް ފާރެއް ފުޅާކުރާ މަންޒަރެވެ.
މިކަމާއި ގުޅޭގޮތުން މިޞްރާއި އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުގެ ވަކި އެއްޗެއް އަދި ނުބުނެއެވެ.

މިސްރުގެ އަސްކަރިއްޔާއިން މިފިޔަވަޅުތައް އަޅާފައި މިވަނީ މީގެ ދިހަވަރަކަށް އަހަރު ކުރިން މިސްރުގެ އަސްކަރިއްޔާއިން ވަރުގަދަކުރި އިސްލާމްދީނުގެ ހަރުކަށި ފިކުރާ ދެކޮޅަށް މިސްރުގެ އަސްކަރިއްޔާއިން ވަރުގަދަ ކުރި ފިޔަވަޅުތަަކަށް ފަހު ފުރަތަމަ ފަހަރަށެވެ.

ޣައްޒާގައި މިހާރު ހިނގަމުންދާ ހަނގުރާމަ ފެށުމުގެ މާ ކުރިންވެސް މިސްރުން ވަނީ ޣައްޒާއަށް ގުޅިފައިވާ ޓަނަލްތައް ހަލާކުކޮށް، ބޯޑަރު ކައިރީގައި އޮންނަ ބަފަރ ޒޯނެއް ސާފުކޮށްފައިވާ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *