ހދ.ކުޅުދުއްފުށީ އަތޮޅުގެ ކައިރީ އޮންނަ ހުސް ބިމެއްގައި ހުރި ކުނިތަކެއްގައި ރޯވި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި ރޭ ރޯވި މި އަލިފާންގަނޑު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ހދ.ކުޅުދުއްފުށީ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ހަރަކާތްތެރިވެ ވަނީ ނިއްވާލާފަ އެވެ.
"މި ހާދިސާގެ ރިޕޯޓް ރޭ 23:08 ހާއިރު ކުޅުދުއްފުށީ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، ރޭ 23:25 ހާއިރު އަލިފާން ނިއްވާލާފަ އެވެ." އެމްއެންޑީއެފުން ބުނެފައި ވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ރިޕޯޓް ލިބިފައި ނުވެއެވެ.


