އިސްލާމިކް ލައިފް ކޯޗިންގގެ ފަރާތުން ހިންގުމަށް ހަމަޖެހިފައިވާ ޤުރުއާން ކިޔަވައި ޚަތިމުކޮށްދޭ ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.
ކީރިތި ޤުރުއާން ތަޖުވީދުމަގަށް ކިޔަވައިގެން ޚަތިމުކުރުމަށް އެހީތެރިވެދޭ މި ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ އައްޝައިޚް މުޙައްމަދު އަފްޟަލް ކަމަށް އިސްލާމިކް ލައިފް ކޯޗިންގ އިން ވަނީ ބުނެފަ އެވެ.
އިސްލާމިކް ލައިފް ކޯޗިންގ އިން ބުނިގޮތުގައި މި ޕްރޮގްރާމްގައި ދޫކުރުމަށް ހަމަޖެހިފައިވަނީ 10 ޖާގަ އެވެ. އަދި ޤުރުއާން ޚަތިމުކުރުމަށް މިއީ ވަރަށް ރަނގަޅު ފުރުޞަތެއްކަމަށް އެ ފަރާތުން ވަނީ ބުނެފަ އެވެ.
މި ޕްރޮޤްރާމުގައި ބައިވެރިވާ ދަރިވަރުންގެ ކިޔެވުން ރަނގަޅުކޮށްދިނުމާއި ފަރިތަކޮށް ޤުރުއާންކިޔަވަން ދަސްކޮށްދިނުން ވެސް އޮންނާނޭ ކަމަށް އިސްލާމިކް ލައިފް ކޯޗިންގއިން ބުނެއެވެ.
އިސްލާމިކް ލައިފް ކޯޗިންގ އިން ވަނީ މިފަދަ ފުރުސަތުތަކުގެ ބޭނުން ހިފައިގެން އަހަރެމެންގެ ދަރިން ދީނީ ކަންކަމާ ގާތްކުރަން އެދިފަ އެވެ.
އިސްލާމިކް ލައިފް ކޯޗިންގގެ ޤުރުއާން ޚަތިމުކުރާ ޕްރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފޯމު ތިރީގައިވާ ލިންކުން ލިބޭނެ އެވެ.


