Tuesday, 28 July 2026
ފޮޓޯ: އުމްރާ.ކޯ.އިން ވެބްސައިޓް

އިސްރާއާއި މިޢުރާޖު ހާދިޘާގެ ވާހަކަތައް ރަސޫލާ ވިދާޅުވެ ދެއްވުމުން، މީސްތަކުން ބައިބައިވެގެން ދިޔަ: ޚުތުބާ

އިސްރާއާއި މުޢިރާޖުގެ ހާދިސާއަކީ އެތައް ގިނަ އަޖައިބުތަކުން ފުރިގެންވާ ގިނަ ފިލާވަޅުތަކެއް ދަސްކޮށްދިން ކަމެއްކަމަށާއި އެވާހަކަތަކުގެ ޚަބަރުތައް މީސްތަކުންނަށް ކިޔައިދެއްވުމުން މީސްތަކުން ބައިބައިވެގެން ދިޔަކަމަށް ޚުތުބާގައި ބަޔާންކޮށްދެއްވާފައިވެއެވެ. އަދި އަދުގެ މިޒަމާނުގައިވެސް މިހާދިސާ ޤަބޫލުކުރާ މީހުންނާއި އެކަމާއި ޝައްކު އުފައްދާ މީހުންވާކަން އަޅުގަނޑުމެންނަށް އެނގެއެވެ.


އިސްރާއާއި މިޢުރާޖުގެ ވާހަކަތަކަށް އަލިއަޅުވާލައްވާފައިވާ މިއަދުގެ ހުކުރު ޚުތުބާގައި މިދަތުރުފުޅުގައި ދިމާވި ބައެއް ހާދިސާތަކަށް އަލިއަޅުވާލައްވާފައިވެއެވެ. އިސްރާގެ ދަތުރުފުޅަކީ މިބިންމަތީގައި ހިނގައިދިޔަ ހާދިސާއެއް ކަމަށާއި އަދި މިޢުރާޖަކީ ހަމަ އެރޭގައި ބައިތުލް މަޤްދިސްގައިވާ އަލްމަސްޖިދުލް އަޤްޞާއިން ހަތްވަނަ އުޑަށް ރަސޫލާ ގެންދެވި ދަތުރުފުޅެއް ކަމުގައި ކިޔައިދެއްވިއެވެ. އަދި މިކަން ޤަބޫލުކޮށް ކަށަވަރު ކުރުމަކީ އީމާންކަމުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުގައިވެސް ކިޔައިދެއްވާފައިވެއެވެ.

މިކަމަށް ޢިޝާރާތްކުރައްވާފައިވާ ﷲ ގެ ވަޙީ ބަސްފުޅެއްގެ މާނާގައިގައިއެވެ. "ދެން (الله) އެކަލާނގެ އަޅާއަށް ވަޙީ ކުރެއްވި އެއްޗެއް ވަޙީކުރެއްވިއެވެ. އެކަލޭގެފާނު ދެކެ ވަޑައިގެންނެވި ކަންތަކާ މެދު (އެކަލޭގެފާނުގެ) ހިތްޕުޅު އިންކާރެއް ނުކުރައްވަތެވެ. އެކަލޭގެފާނު ދެކެވަޑައިގަންނަވާ ކަންތަކާ މެދު، ތިޔަބައިމީހުން އެކަލޭގެފާނާ ޖަދަލު ކުރަނީ ހެއްޔެވެ؟ ހަމަކަށަވަރުން، އެކަލޭގެފާނު އެހެން ފަހަރަކުވެސް އެ މަލާއިކަތާ ދެކެވަޑައިގަތްކަން ކަށަވަރެވެ. سِدْرَةُ الْـمُنْتَهَى ގެ ކައިރިންނެވެ. سِدْرَةُ الْـمُنْتَهَى ފޮރުވައިލި (ފުރިހަމަ) ކަމެއް އައިސް ފޮރުވައިލި ހިނދުގައެވެ. އެކަލޭގެފާނުގެ ލޯފުޅު އެކި ފަރާތްފަރާތަކަށް ނުދެއެވެ. އަދި ދެކެވަޑައިގަތުމަށް ކަނޑައަޅުއްވާފައިވާ ތަން ފަހަނަޅައި ވެސް ނުމެދޭމެއެވެ. ހަމަކަށަވަރުން، އެކަލޭގެފާނުގެ ވެރި ރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް، އެކަލޭގެފާނު ދެކެވަޑައިގަތްކަން ކަށަވަރެވެ."


މިދަރުފުޅުގައި ހިނގައިދިޔަ ބައެއް ހާދިސާތަކުގެ ތެރޭގައި މައްކާއަށް އެނބުރި ވަޑައިގަތް މަގުމަތީގައި ޢުތުބާއާއި ޝައިބާގެ ބަގީޗާގެ ބޭރުގައި މަޑުކޮށްލެވި ހިނދު ދިމާވި ނައިނަވާ ކިޔުނު ރަށަކަށް ނިޞްބަތްވާ ކުއްޖަކާއި ދިމާވެ އެކުއްޖާ އިސްލާމްދީން ޤަބޫލުކުރެއްވި ހާދިސާވެސް މިޚުތުބާގައި ކިޔައިދެއްވިއެވެ. މީގެ އިތުރުން ޖިންނީންގެ ޖަމާޢަތަކުން ކީރިތި ޤުރުޢާނުގެ އަޑުއަހައި އިސްލާމްވި ގޮތުގެ ވާހަކަވެސް މިޚުތުބާގައި ކިޔައިދެއްވިއެވެ.


ހަމައެހެންމެ، ކުށްފާފަތަކަށް އަރައިގަންނަ މީހުންނަށް ﷲ ކަނޑައަޅުއްވާފައިވާ ބައެއް އަޛާބުތަކަށްވެސް ޚުތުބާގައި އަލިއަޅުވާލައިފައިވެއެވެ. މިގޮތުން އަލިފާނުގެ ކަތުރުތަކަކުން އެބައެއްގެ ތުންފަތްތައް ކޮށައި މަށަމުން ދިޔަ ބަޔަކާއި ލޮއިންވާ ނިޔަފަތިތަކެއް ހުރި ބަޔަކު އެބައިމީހުންގެ މެޔާއި މޫނުގައި އަޅުވައި ވީދަމުން ދިޔަ ބައެއް ވާކަމުގައި ކިޔައިދެއްވާފައިވެއެވެ. އަދި އަލިފާނުންވާ ކަތުރުތަކަކުން އެމީޙުންގެ ތުންފަތްތައް ކޮށަމުންދަނީ އެއީ އެހެން މީހުންނަށް ހެޔޮ އަމަލު ކުރުމަށް އަމުރުކޮށް އަމިއްލަޔަށް އެކަން ނުކުރި މީހުން ކަމަށާއި ލޮއިންވާ ނިޔަފަތިތަކުން އަމިއްލަ މީހާއަށް ގެއްލުން ދެމުން ދަނީ ދުނިޔޭގައި މީހުންނަށް ނެތިމޮށި މީހުންގެ އަބުރަށް އަރައިގަނެފައިވާ މީހުންކަމަށްވެސް ޚުތުބާގައިއެވެ.


މިދަތުރުފުޅުގައި މުޢުމިނުންނަށް ލިބުނު އެންމެ އަގުބޮޑު ނިޢުމަތަކީ ފަރުޟު ފަސް ނަމާދު ކަމުގައިވެސް ޚުތުބާގައި ކިޔައިދެއްވާފައިވެއެވެ. އަދި މިއީ ދީނުގެ ތަނބުކަމަށްވެފައި މިގޮތަށް ނަމާދު ފަރުޟު ކުރެއްވުމުން ނަމާދުގެ މުހިންމުކަންވެސް ދޭހަވެގެންދާކަމަށާއި އަދި ރަސޫލާ މިދުނިޔެއާއި އަލްވަދާޢުކިޔުއްވި ދާންކޮޅު މަތީގައިވެސް އުންމަތަށް ކުރެއްވި އެންމެ ފަހުގެ ވަޞިއްޔަތަކީ ނަމާދަށް ރައްކާތެރިވުންކަމުގައި ޚުތުބާގައި ކިޔައިދެއްވާފައިވެއެވެ.


އިސްރާއާއި މިއުރާޖުގެ މިހާދިސާއަކީ ރަނގަޅު ޞާލިޙް އެކުވެރިންނާއި އިޚްލާސްތެރިން މިތުރުންނާއިއެކު މުޢާމަލާތު ކުރުމުގެ މަތިވެރި ދަރުސްތަކެއް ހިމެނޭ ހަދިސާއެއް ކަމުގައިވެސް މިއަދުގެ ޚުތުބާގައި ކިޔައިދެއްވިއެވެ.


ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *