ޕާކްކޮޮށްފައިހުރި ސައިކަލެއްގެ ޕޮކެޓުގައި އޮތް މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
ފުލުހުން ބުނިގޮތުގައި ހޯދަމުން ދާ މީހާ އަކީ މ. މާޔާގެ ކުރިމަތީގައި ޕާކްކޮޮށްފައިހުރި ސައިކަލެއްގެ ޕޮކެޓުގައި އޮތް މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅުން ހުރި ފަރާތެކެވެ.
ފުލުހުން ވަނީ އެ މީހާ ސައިކަލުގެ ޕޮކެޓުން ފޯނު ނަގާ ވީޑިޔޯއެއްވެސް އާންމުކޮށްފަ އެވެ.
އަދި އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއްކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ވަނީ މި މީހާގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9660183 އަށް ގުޅާ މައުލޫމާތު ހިއްސާކުރުމަށް އެދިފަ އެވެ.


