ބާ ކައުންސިލްގެ ރައީސް ވިޝާމް އިސްމާއީލް އަވަހާރަވެއްޖެއެވެ.
ގާނޫނީ ފަންނުގެ ގާނޫނާ އެކު ވަކީލުންގެ ކަންކަން ރެގިއުލޭޓް ކުރުމަށް އުފެއްދި ބާ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނެވި ކުރީގެ އެސިސްޓެންޓް އެޓާނީ ޖެނެރަލް ވިޝާމް އަވަހަރާވިކަން ބައެއް ވަކީލުން ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
ބާ ކައުންސިލަށް އޭނާ އިންތިހާބު ކުރީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 11 ވަނަ ދުވަހެވެ.
ވިޝާމް ވަނީ ޖިނާއީ ބޮޑެތި މައްސަލަތަކެއްގައި ދިފާއީ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފައެވެ. އޭގެ ތެރޭގައި ޓެރަރިޒަމްގެ މައްސަލަތަކާއި މަރުގެ ބައެއް މައްސަލަތައް ހިމެނެއެވެ.
އަދި ބާ ކައުންސިލްގެ ރައީސްގެ މަގާމުގައި ހުންނަވައިގެން ވިޝާމް ވަނީ ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާ އިމްތިހާނެއް ބާއްވައިފައެވެ.
ވިޝާމް އަވަހާރަވިއިރު، ދަރިއަކު ދުނިޔޭގައި އެބަ ހުއްޓެވެ.


