ޕްރޮސެކިއުޓާ ޖެނަރަލް ހުސެއިން ޝަމީމަށް މަގުމަތިން ހަމަލާ ދީފި އެވެ.
ފުލުހުން ބުނީ ޕީޖީ ޝަމީމަށް މާލޭ މަގުމަތިން މީހަކު ހަމަލާދީފައިވާ ކަމަށް މިއަދު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އަދި އޭނާ އަށް ހަމަލާ ދީފައި ވަނީ ތޫނު އެއްޗަކުން ކަމަށް މީޑިއާގައި ރިޕޯޓްކޮށްފައި ވިޔަސް މިހާތަނަށް އަދި އެގޮތަށް ނުބެލެވޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނި ގޮތުގައި ޝަމީމަށް އޭޑީކޭ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. މި ހާދިސާގައި ޝަމީމަށް ލިބުނު އަނިޔާގެ ތަފުސީލެއް އަދި ނުލިބެ އެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހްގީގު ކުރަމުންނެވެ.


