Tuesday, 28 July 2026

ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާން ހުޅުވާލައިފި

މި އަހަރުގެ މާޗް 17 ގައި އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފިއެވެ.

އެ ކޮމިޝަނުން ކުރި އިއުލާނުގައި ބުނީ 93 ދާއިރާއަކަށް ކުރިމަތިލާން އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް މުއްދަތު ދީފައިވާ ކަމަށެވެ.

މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަން ޖެހޭނީ އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށެވެ.

އިންތިހާބަށް ކުރިމަތިލާ މީހުންގެ ބައެއް ޝަރުތުތައް

– 18 އަހަރު ފުރި، ބުއްދި ސަލާމަތުން ހުރުން

– ބޭރު ގައުމެއްގެ މީހަކު ދިވެއްސަކަށް ވެފައިވާ ނަމަ، އެ މީހަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭނީ، އެ މީހަކު ދިވެއްސަކަށް ވިތާ ފަސް އަހަރު ފުރުމަށް ފަހު. އަދި އެ މީހަކީ ރާއްޖޭގައި އުޅޭ މީހަކަށް ވާންޖެހޭ.

– ޖިނާއީ ކުށެއް ސާބިތުވެ 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައިނުވުން.

– ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއްކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ނުވާ މީހެއް ކަމުގައިވުން

މަޖިލިހުގެ އިންތިހާބުގައި ބައިވެރިނުވެވޭނެ ހާލަތްތައް:

  1. އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި ނުދެއްކުން
  2. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ތަންފީޒުކުރާ މީހަކު ކަމުގައިވުން.
  3. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއްކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ 3 (ތިނެއް) އަހަރު ނުވާމީހަކު ކަމުގައިވުން.
  4. ފަނޑިޔާރަކު ކަމުގައިވުން.

މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ މެންބަރުންގެ ދައުރު އަންނަ މެއި މަހުގެ 28 އަށް ހަމަވާނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *