Tuesday, 28 July 2026

މިނިސްޓަރުންނަށް ރުހުން ދޭން ތާވަލުކުރި ޖަލްސާ 13:00 އަށް ފަސްކޮށްފި

މިނިސްޓަރުންނަށް ރުހުން ދޭން ރައްޔިތުންގެ މަޖިލީހުގައި ތާވަލްކުރި ޖަލްސާ މެންދުރުފަހު 13:00އަށް ފަސްކޮށްފި އެވެ.

ކުރިން މި ޖަލްސާ ބޭއްވުމަށް ތާވަލް ތާވަލްކޮށްފައި އޮތީ މިއަދު ހެނދުނު 11:00އަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މިނިސްޓަރުންނަށް ރުދުން ދިނުމުގެ މައްސަލަ ތާވަލުކޮށް އިއްޔެ ދައުރުން ބޭރުން ތިން ދަންފަޅިއެއްގައި ޖަލްސާތަކެއް ބޭއްވި އެވެ. އެކަމަކު އެ ދަންފަޅިތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައި، ސަރުކާރާއި އިދިކޮޅު މެންބަރުންތަކެއްގެ މެދުގައި މާރާމާރީ ހިންގައި މެމްބަރުންތަކަކަށް އަނިޔާ ވެސް ވެފައިވެ އެވެ.

ރުހުން ނުދޭން އިދިކޮޅު ނިންމާފައި ވަނީ ހަތަރު މިނިސްޓަރަކަށެވެ. އެއީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައިދާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން އެޓާނީ ޖެނެރަލް މުހައްމަދު އުޝާމަށެވެ.

ނަމަވެސް މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ ބައެއް މެންބަރުން ރޭ ވިދާޅުވެފައި ވަނީ މިހާރު ގިނަ މެންބަރުންގެ ވިސްނުން ގިނަ މިނިސްޓަރުންތަކަކަށް ރުހުން ނުދޭން ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *