ފުވައްމުލަކު މޫދަށް އެރި އުޅުނު ޒުވާނަކު މިއަދު ގެނބިގެން މަރުވެއްޖެ އެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މަރުވެފައިވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނެކެވެ. ބައެއް މަސްދަރުތަކުން އެނގިފައިވާގޮތުގައ މަރުވީ ފުވައްމުލަކުި ފުނާޑު އަވަށުގެ ނަޒީލް އިބްރާހިމް، އެވެ.
މި ޒުވާނާ ގެނބިގެން ފަރުވާ ދިނުމަށް ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައިވަނީ މިއަދު ހެނދުނު 7:30 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނީ މި މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.
މިހާދިސާއާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.


