Tuesday, 28 July 2026

އުތުރުގެ ހަތަރު ރަށެއްގައި ޕޮލިސް ޕޯސްޓު ހުޅުވައިފި

އުތުރުގެ ހަތަރު ރަށެއްގައި ޕޮލިސް ޕޯސްޓު ހުޅުވައި، ފުލުހުން އެ ރަށްރަށުގައި ގާއިމުވެތިބެ ރައްޔިތުންނަށް ޚިދުމަތްދޭން ފަށައިފިއެވެ.

ޕޮލިސް ޕޯސްޓު ހުޅުވައި ޚިދުމަތްދޭން ފަށާފައި ވަނީ ބ. މާޅޮހާއި، ކިހާދޫ އަދި ނ. ޅޮހީގެ އިތުރުން ހެނބަދޫގައެވެ.

ބ. މާޅޮހުގައި އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި މާޅޮހު ކައުންސިލު ރައީސް ޢަބްދުﷲ ޝުޖާއުއެވެ.

ކިހާދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ކިހާދޫ ކައުންސިލު ރައީސް ހުސައިން ޝާފިއުއެވެ.

 

 

ކިހާދޫ ޕޮލިސް ޕޯސްޓު ހުޅުވުމުން

 

ނ. ޅޮހީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އެ ރަށު ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ޅޮހީ ކައުންސިލު ރައީސް އިބްރާހީމް މުޙައްމަދުއެވެ.

އަދި ހެނބަދޫ ޕޮލިސް ޕޯސްޓު މި ޖަނަވަރީ މަހުގެ 25 ވަނަ ދުވަހު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި ހެނބަދޫ ކައުންސިލު ރައީސް ހުސައިން އަބޫބަކުރުއެވެ.

ޕޮލިސް ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު ޕޮލިސް ޕޯސްޓުގައި ގައުމީ ދިދަ އާއި ފުލުހުންގެ ދިދަ ނަގާފައިވެއެވެ.

ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން އެ ރަށްރަށުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި އެހެނިހެން އިދާރާތަކުގެ މުވައްޒަފުން ބައިވެރިިކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *