Tuesday, 28 July 2026

ވަޒީރުންގެ ޕަބްލިކް ފޯރަމް މިރޭ ފަށަނީ

ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ހިއްސާކޮށް، އެކަންކަމާއި ގުޅޭގޮތުން ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވާ ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.

ރައީސް އޮފީހާއި ދައުލަތުގެ މީޑިއާ (ޕީއެސްއެމް) ގުޅިގެން ކުރިއަށް ގެންދާ އެ ފޯރަމް އޮންނާނީ މިރޭ 8:30 ގައި ސަލްޓަން ޕާކުގައެވެ. "އަހާ!" ގެނަމުގައި ގެންނަ އެ ފޯރަމު ކުރިއަށް ގެންދަނީ ކޮންމެ ދެމަހުން އެއްމަހުއެވެ.

މިރޭގެ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގަންނަވަނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު އައިޝަތު ޝިހާމާއި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އަދި ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބެވެ.

ފޯރަމްގައި ބައިވެރިވެ ސުވާލުކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާއިރު، ފޯރަމް އޮންނަ ތަނަށް ގޮސް ސުވާލުކުރުމުގެ އިތުރުން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސްގެ ޒަރިއްޔާއިން އަދި ސޯޝަލް މީޑިއާ މެދުވެރިކޮށްވެސް ފޯރަމަށް ސުވާލު ފޮނުވޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ. މި ފޯރަމަށް އެސްއެމްއެސް މެދުވެރިކޮށް ސުވާލު ފޮނުވާނީ AH ޖެއްސެވުމަށްފަހު ހުސްތަންކޮޅެއް ދޫކުރެއްވުމަށްފަހު، ކުރަން ބޭނުންވާ ސުވާލު ލިޔުއްވުމަށްފަހު 300 އަށެވެ.

ރައްޔިތުންނާ ގާތުން، އެމީހުންގެ ސުވާލުތަކަށް ޖަވާބުދާރީވަމުން ސަރުކާރު ހިންގުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *