ފުވައްމުލައް ސިޓިގައި އާދިއްތަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓުގައި އަނިޔާވެގެން މާލެ ގެނައި މީހާ މިއަދު ހެނދުނު މަރުވެއްޖެއެވެ.
އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާދެމުން އަންނަނިކޮށް އޭނާ ނިޔާވީ މިއަދު ހެނދުނު 8:12ގައެވެ.
އެކްސިޑެންޓުގައި މަރުވީ ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓު ހިނގީ ފުވައްމުލަކުގައި، ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ފާރެއްގައި ޖެހިގެން, އެ ސިޓީގެ ބޮޑުފަންނު މަގުގައި އާދިއްތަ ދުވަހުގެ ރޭ 22:15 ހާއިރު ކަމަށެވެ.


