Tuesday, 28 July 2026

ރަސްމާލެ އާއި މާލެ ގުޅާލާނީ ކަނޑުއަޑީގެ ޓަނަލަކުން – ރައީސް

ރަސްމާލެ އާއި މާލެ ކަނޑުއަޑީގެ ޓަނަލް އަކުން ގުޅާލާނީ ކަނޑުއަޑީގެ ޓަނަލަކުން ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީ ކައުންސިލްގެ އާ މޭޔަރާއި ކައުންސިލަރުން ހުވާ ކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، 'އަންޑަވޯޓާ ޓަނަލް' ހަދާނީ އޭގެ އެތެރެއިން ރޭލުގައި ދަތުރުކުރާއިރު ކަނޑުއަޑީގެ ރީތި މަންޒަރުތައް ހަދާފައިވާ ޓަނަލްއަކަށް ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މާލެ އާއި ރަސްމާލެ ގުޅާލުމަށްޓަކައި ފަންނީ އަދި "އިނޮވޭޓިވް" މަސައްކަތްތަކެއް ވަނީ ފެށިފަ އެވެ. އަދި އެކަމުގައި މަޝްވަރާކުރަނީ ވަރަށް ގާބިލް ކުންފުނިތަކަކާ ކަމަށާއި މި ބިޔަ މަޝްރޫއުގެ ފީޒިބިލިޓީ ސްޓަޑީ ފަށާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"އެ މަސައްކަތް ކުރުމަށް ޓަކައި އަޅުގަނޑުމެން އެކަމުގެ ގާބިލުކަން ހުރި ކުންފުނިތަކާއެކުގައި މިހާރު ވަނީ ފީޒިބިލިޓީ މަސައްކަތް ފަށާފައި. މިއީ ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް. މިއީ ރާއްޖެއަަށް ޓޫރިސްޓުން އިތުރުވާނެ މަޝްރޫއެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އަންޑަވޯޓާ ޓަނަލް ހެދުމުން ޓަނަލްގައި ދަތުރުކުރުމަކީ ހިތްފަސޭހަ ކަމެއް ކަންވެސް ސިފަކޮށްދެއްވާފަ އެވެ.

"އެ ޓަނަލް ވެގެންދާނީ އެ ޓަނަލްގައި ދުއްވާ ޓްރޭންގެ ސަބަބުން ޓްރޭންގައި ދާއިރުގައި ކަނޑުއަޑީގެ ރީތި މަންޒަރުތައްވެސް ފެންނަ ޓަނަލްއަކަށް،" ރައީސް ވިދާޅުވި އެވެ.

ރަސްމާލެ މަޝްރޫއުއަކީ ރާއްޖޭގައި ބޯހިޔާވަހިކަމަށް ޚާއްޞަކޮށްގެން ކުރިއަށްގެންދާ އެންމެ ބިޔަ މަޝްރޫއުއެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް އަށް މަސް ދުވަހުގެ ތެރޭގައި ނިންމާލުމަށް ސަރުކާރުންވަނީ އަމާޒު ހިފައިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *