ގއ. ވިލިނގިލިން އިތުރު ފަރުވާއަށް މާލެެއަށް ގެނައުން ލަސްވި ކުއްޖާ މާލޭގައި ފަރުވާ ދެމުން ދަނިކޮށް މަރުވި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށް ނިންމައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެ މައްސަލަ އެ މައްސަލަ ބަލަން ބާއްވާ ފުރަަތަމަ ބައްދަލުވުން މިއަދު މެންދުރު 12:00 އަށް ވަނީ އެޖެންޑާކޮށްފަ އެވެ.
ކުއްޖާ މަރުވި މައްސަލަ ބެލުމަށް މަޖިލީހަށް ހުށަހެޅުއްވީ ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން އެވެ.
ގއ. ވިލިނގިލީ، ޕެންޒީއާގޭ، މުހައްމަދު ޖާހު ހާލިދު ނިޔާވީ އިއްޔެ ހެނދުނު އެވެ. ބުދަ ދުވަހުގެ ރޭ ވިލިނގިލީ ހޮސްޕިޓަލްގައި އެޑްމިޓުކުރި ޖާހު މާލެ ގެނެވުނީ ޗާޓަރު ފްލައިޓެއްގައި ބުރާސްފަތި ދުވަހުގެ ހަވީރު އެވެ.
ޖާހުގެ ސިއްހީ ހާލަތު ދަށަށް ދިޔައިރު، މާލެ ގެނައުން ލަސްވެގެން އެރަށުގެ ބަޔަކު ހޮސްޕިޓަލް ކައިރީގައި ބުރާސްފަތި ދުވަހު މުޒާހަރާ ވެސް ކުރި އެވެ.
ވިލިނގި އަތޮޅު ހޮސްޕިޓަލްގެ ޑޮކްޓަރުން މިކުއްޖާ މާލެ ފޮނުވަން އަންގާފައި ވަނިކޮށް ކުއްޖާ މާލެ ގެނެވުނީ އޭގެ 16 ގަޑިއިރު ފަހުންނެވެ. އެހެންވެ ކުއްޖާ މަރުވީ މާލެ ގެނައުން ލަސްވެގެން ކަމަށް ބައެއް މީހުން ބުނެ އެވެ.
ކުއްޖާ މަރުވުމުގައި އެއްވެސް ބައެއްގެ އިހްމާލު އޮތްތޯ ބެލުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ވަނީ ފަށާފަ އެވެ.


