ފުވައްމުލަކު ސީޓީގައި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.
ފުލުހުން ބުނިގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ ފުވައްމުލަކު ސިޓީގެ ބޮޑު ފަންނު މަގުން ބާރު ސްޕީޑްގައި އައި ސައިކަލެއް ކޮންޓްރޯލް ނުވެގޮސް ފާރެއްގަައި ޖެހިގެންނެވެ.
ރޭ 22:15 ހާއިރު ހިނގި މި އެކްސިޑެންޓްގައި 30 އަހަރުގެ ދިވެހި ފިރިހެނަކަށް ވަނީ އެކި ވަރުގެ އަނިޔާ ވެފައެވެ. އަދި ރޭ ދަންވަރު އިތުރު ފަރުވާއަށް މިމީހާ މާލެ ގެނައިކަަމަށް ފުލުހުން ބުނެއެވެ.
މި މައްސަލަ އިތުރަށް ތަހްގީގް ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.


