މިއަދު މާފަންނު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާ ހިނގާފައިވަނީ މާފަންނު ޕަރުވާނާގޭގައި މިއަދު މެންދުރު 14:14 ހާއިރު ކަމަށެވެ. އަދި ރޯވި އަލިފާން، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން ހަރަކާތްތެރިވެ، ނިއްވާލައިފައިވާކަމަށް ބުނެފައިވެއެވެ.
މި ހާދިސާ ހިނގަން މެދުވެރވީ މ.ޕަރުވާނާގޭގެ ފުރަތަމަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައި ހަރުކޮށްފައިހުރި އޭސީ އިންޑޯ ޔުނިޓެއްގައި އަލިފާން ރޯވެފައި ހުރުމުން، ކަމަށް ސިފައިން ބުނެފައިވެއެވެ. އަދި އެފްއާރުއެސްގެ ފަޔަރ ފައިޓަރުން 14:30 ހާއިރު ރޯވެފައި ހުރި އަލިފާން ނިއްވާލިކަމަށްވެސް ބުނެފައި ވެއެވެ.
މި ހާދިސާގައި އޭސީ އިންޑޯ ޔުނިޓް އަނދައި، އެޕާޓްމަންޓްގައި ހަރުކޮށްފައިހުރި ފަންކާއަކާއި ލައިޓުތަކަށް އަލިފާނުގެ ސަބަބުން ގެއްލުން ލިބުނެވެ. ނަމަވެސް، އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.


