މާލެ އަތޮޅުގައި އޮންނަ ވެލައްސަރު ރިސޯޓު ކައިރީ ކަނޑުމަތިން، މަރުވެފައި އޮތް ދިވެއްސެއް ފެނިއްޖެއެވެ.
ފުލުހުން ބުނިގޮތުގައި ކަނޑުމަތިން މަރުވެފައި އޮތް މި މީހާ ފެނިގެން ރިޕޯޓްކޮށްފައިވަނީ މިއަދު މިއަދު 9:11 ހާއިރު އެވެ.
އަދި މިހާތަނަށް ބެލިބެލުމުން އެއީ ކ. އަތޮޅުގެ ރިސޯޓެއްގައި މަސައްކަތް ކުރާ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަން އެނގިފައިވާކަމަށް ފުލހުން ވަނީ ބުނެފަ އެވެ.
ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.


