Tuesday, 28 July 2026

ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައަޅައިފި

ރާއްޖެއަކީ ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ޤައުމެއް ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި ރާއްޖެއަކީ ހެޕްޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ގައުމެއްގެ ގޮތުގައި ބަލައިގަތީ ގިނަ އަހަރުތަކެއް ވަންދެން ކުޑަކުދިންނަށް ހެޕަޓައިޓިސް ބީ ވެކްސިން ދިނުން އިތުރުވެފައިވާތީ އާއި މި ފަހުން ހެދި ސާރވޭއާ ގުޅިގެން ކަމަށެވެ. އެ ސާވޭގައި ސްކޫލްތަކުގައި ކިޔަވާ 6 އަހަރާއި 7 އަހަރުގެ ކުދިންގެ ޓެސްޓުތައް ކުރިއިރު އެއްވެސް ކުއްޖަކު ގައިން އިންފެކްޝަން ފެނިފައިނުވާ ކަމަށް އެޗްޕީއޭއިން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މާބަނޑު މީހުން ހެޕަޓައިޓިސް ބީ އަށް ގަވާއިދުން ސްކްރީން ކުރަމުންދެ އެވެ.

މީގެ އިތުރުން ހެޕަޓައިޓިސް ބީ އަށް ޕޮޒިޓިވް މާބަނޑު މީހުންނަށް ފަރުވާ ދެމުންދާއިރު ހެޕަޓައިޓިސް ބީ އަށް ޕޮޒިޓިވް މާބަނޑު މީހުން ވިހާ ދަރިފުޅު ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ހެޕަޓައިޓިސް ބީ ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ފާހަގަކޮށްފަ އެވެ.

ހެޕަޓައިޓިސް ބީ އަކީ ފުރަމޭއަށް ޖެހޭ ގައިންގަޔަށް އަރާ ބައްޔެކެވެ. މިއީ ވައިރަސްއަކުން ޖެހޭ ބައްޔެކެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *