ގޭސްފުޅިއެއް ގޮވައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ހެންވޭރު ކިނބިގަސް މަގުގައި ހުންނެ ފާސްޓްފުޑް އައުޓްލެޓެއްގަ އެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި ހާދިސާގައި ކެފޭގެ ކައްކާއަށް ވަރަށް ބޮޑަށް އަނިޔާވި އެވެ.
ސްރީ ލަންކާގެ އެ މީހާއަށް އޭޑީކޭ ހޮސްޕިޓަލްގައިި ފަރުވާދެމުން އަންނައިރު ލިބުނު އަނިޔާގެ ތަފްސީލެއް ނުލިބެ އެވެ.
މީގެއިތުރުންވެސް ދެ މީހަކަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެ ހާދިސާގައި އަނިޔާވި މީހުންނަށް ލިބުނު އަނިޔާގެ ތަފްސީލުތައް އަދި ލިބިފައެއް ނުވެއެވެ.


