Tuesday, 28 July 2026

ކުރީގެ ސިއްހީ ހިދުމަތްތެރިންގެ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފި

އެކި ސަބަބުތަކާއި ގުޅިގެން ސިއްޙީ ދާއިރާއިން ދުރުވެފައިވާ ޚިދުމަތްތެރިންނަށް އަލުން ވަޒީފާ ދިނުމުގެ ޚާއްސަ އުސޫލު، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް މިއަދު އިފުތިތާޙު ކޮށްދެއްވައިފިއެވެ.

ހެލްތު މިނިސްޓްރީގައި ކުރިއަށްދިޔަ ޚާއްޞަ ރަސްމިއްޔާތެއްގައި އިފްތިތާހުކުރި އެ އުސޫލަކީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ، އަދި ހަފުތާ 14 ގައި ކުރުމަށް އެޖެންޑާ ކުރެވިފައިވާ މުހިންމު މަސައްކަތެކެވެ.

އަލަށް އެކުލަވާލި މި އުސޫލުގެ ދަށުން ވަޒީފާ ހަމަޖައްސާ މީހުންގެ މަސައްކަތު ގަޑިއަކީ ދުވާލަކު މަދުވެގެން ހަތަރު ގަޑިއިރެވެ. އަދި "ވަގުތީ މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން" ގެ ނަމޫނާއާ އެއްގޮތަށް އެ މުވައްޒަފުންނަށް ހެލްތު މިނިސްޓްރީ ނުވަތަ އެ މިނިސްޓްރީން ކަނޑައަޅާ އިދާރާއަކާ އެކު ސޮއިކުރަންވާނެ ކަމަށް ބުނެފައިވެ އެވެ.

އަދި އާންމު އުޞޫލުން މުވައްޒަފުންނަށް ވަޒީފާ ހަމަޖެއްސުމުގެ ބަދަލުގައި، އިޢުލާނެއް ނެތި، ދަފުތަރުގައި ރެޖިސްޓްރީކުރާ ޞިއްޙީ ޚިދުމަތްތެރިންގެ ތަޢުލީމާއި، ތަޖުރިބާއާއި ހުނަރަށް ބަލައި، މެރިޓް އުޞޫލުން "ޞިއްޙީ ދާއިރާއަށް ޚާއްޞަ ޑައިރެކްޓް ރެކްރޫޓްމަންޓް"ގެ ދަށުން ވަޒީފާ ހަމަޖެއްސުމުގެ އިންތިޒާމު މި އުޞޫލުގެ ތެރެއިން ހަމަޖެހިފައިވެއެވެ.

އެ ދަފްތަރުގައި، މި އަހަރުގެ ނިޔަލަށް ރަޖިސްޓްރީކުރެވޭނެ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *