Tuesday, 28 July 2026

ސީރިޔާގައި ހާލުގައި ޖެހުނު 21 ދިވެއްސަކު ރާއްޖެ ގެނެސްފި

ސީރިއާގައި ކުރިއަށްދާ ހަނގުރާމައިގައި ބައިވެރިވާން ދިޔަ ދިވެހިންގެ ތެރެއިން ފަސް އާއިލާއެއްގެ 21 މީހުން މިއަދު ރާއްޖެއަށް ގެނެސްފިއެވެ.

މިހާރު ހިނގަމުންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެ މީހުން ރާއްޖެ ގެނައުމަށް ފަހު ހިންމަފުށީގައި ހަދާފައިވާ ރިހިބިލިޓޭޝަން ސެންޓަރަށް ގެންގޮސްފައިވާ ކަމަށެވެ.

ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ ދިވެހިން ކަމަށް ބެލެވޭ 100 އަށް ވުރެ ގިނަ މީހުން ހަނގުރާމަވެރި ސަރަހައްދުތަކުގައި ތިބި ކަމުގެ މައުލޫމާތު ވުޒާރާ އަށް ލިބިފައިވާ ކަމަށެވެ. އަދި 90 އަށް ވުރެ ގިނަ މީހުންނަކީ އެކި ގޮތް ގޮތުން ވާހަކަ ދެކެވި އަނބުރާ ރާއްޖެ އައުމަށް ބޭނުންވެފައި ތިބި މީހުން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖެ އަށް އަނބުރާ ގެނައި، ފަސް އާއިލާއަކަށް ނިސްބަތްވާ މީހުންގެ ތެރޭގައި ހިމެނޭ 15 ކުޑަކުދިންނަކީ ފަސް އަންހެނަކަށް ލިބިފައިވާ ދަރިން ކަމަށާއި އެ ފަސް އަންހެނުންނާއި ދިވެހި ފިރިހެނަކު ވެސް އަނބުރާ ގެނައި ކަމަށެވެ.

އިހްސާން ވިދާޅުވީ 2022 ވަނަ އަހަރު ސީރިއާ އާއި ތުރުކީ ގުޅޭ ބޯޑަރުގައި ދިވެހި ފަސް އާއިލާއެއް ހާލުގައި ޖެހިފައި ތިބި ކަމަށާއި އެމީހުން އަނބުރާ ރާއްޖެ އަށް އަންނަން ބޭނުންވާ ކަމަށް ވުޒާރާ އަށް މައުލޫމާތު ލިބުނު ކަމަށެވެ. އެކަން އެނގުނު ހިސާބުން ފުލުހުންނާއި ނެޝަނަލް ރެއިންޓަގްރޭޝަން ސެންޓަރާ ގުޅިގެން އެއީ ދިވެހިންތޯ ކަށަވަރު ކުރި ކަމަށާއި، އެގޮތުން އެ ސަރަހައްދަށް ގޮސް އެސެސްމަންޓް ހަދައި، ޑީއެންއޭ ޓެސްޓްގެ ޒަރިއްޔާ އިން އެއީ ދިވެހިންކަން ކަށަވަރުކޮށްފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *