Tuesday, 28 July 2026
ރައީސް ޑރ. މުހައްމަދު މުއިއްޒު

ރައީސްގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވެވުން ފެބްރުއަރީ 5 ގައި

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވާ  ޖަލްސާ އަންނަ މަހުގެ ފަހެއްގައި ބާއްވަން ނިންމައިފިއެވެ.

އަންނަ މަހުގެ 5 ވާ ހޯމަ ދުވަހުގެ ހެނދުނު ނުވައެއް ޖަހާއިރު އެ ޖަލްސާ ބޭއްވުމުގެ ތައްޔާރީތައް މިހާރު ވަނީ ފަށައިފަ އެވެ.

މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވި ރައީސް ޑރ. މުއިއްޒު ރިޔާސީ ބަޔާން އިއްވަވާ ފުރަތަމަ ޖަލްސާ އެވެ.

މަޖިލީހުގެ ދައުރު ފަށާ ޖަލްސާގައި، މިދިޔަ ނޮވެމްބަރު މަހުގެ 17ގައި ވެރިކަމުގެ ހުވާކުރެއްވި ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވާނެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ދައުރު ހަމަވާތީ ކުރިއަށް އޮތް ދައުރަށް މަޖިލިހަށް މެމްބަރުން އިންތިހާބުކުރުން އަންނަ މާޗު 17 ގައި ބާއްވަން ވަނީ ނިންމައިފަ އެވެ.

ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމާ ރައްޔިތުންގެ މަޖިލިހުގެ ގިނަ މެމްބަރުންތަކެއް ދާދި ފަހުން ގުޅިވަޑައިގެންފައިވާއިރު، 43 މެމްބަރުންނާ އެކު މަޖިލިހުގެ އަޣުލަބިއްޔަތު އަދިވެސް ކޮންޓްރޯލް ކުރަނީ އިދިކޮޅު އެމްޑީޕީ އެވެ. ޕީއެންސީގެ މެމްބަރުންގެ އަދަދަކީ 16 އެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *