Tuesday, 28 July 2026
ފޮޓޯ/އަވަސް

ސިފައިން ގެންދިއުން އަވަސްކުރަން އިންޑިއާ އިން އެއްބަސްވެއްޖެ

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް "ފާސްޓް ޓްރެކް" ގައި ކުރިއަށް ގެންދަން އެ ގައުމުން އެއްބަސްވެފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމާ ގުޅޭ ގޮތުން އުފައްދާފައިވާ މަތީ ފަންތީގެ ކޯ ގްރޫޕުގެ ފުރަތަމަ ބައްދަލުވުން މިއަދު ފޮރިން މިނިސްޓްރީގައި ވަނީ ބާއްވައިފައެވެ. އެ ބައްދަލުވުމުގެ ބައިވެރިންގެ ތެރޭގައި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރު ހިމެނިވަޑައިގެންނެވިއެވެ.

އެ މިނިސްޓްރީގައި މިއަދުގެ ހެނދުނުން ފެށިގެން ވަރަށް ގިނައިރު ވަންދެން ބޭއްވި ދެ ގައުމުގެ މަތީ ފެންވަރުގެ ބޭފުޅުންގެ ބައްދަލުވުމަށް ފަހު، ދިވެހި ސަރުކާރުން ބުނީ އިންޑިއާގެ ސިފައިން ރާއްޖެ އިން ގެންދިއުމުގެ މަސައްކަތް އަވަސް ސްޕީޑެއްގައި ކުރިއަށް ގެންދަން ދެ ގައުމުން ވެސް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

"ދެ ފަރާތުން ވަނީ އެއްބާރުލުން އިތުރުކުރުމަށާއި އިންޑިއާ ސިފައިން ގެންދިޔުން އަވަސް ކުރުމަށް އެއްބަސްވެފައި،" އެ މިނިސްޓްރީން ބުންޏެވެ.

އެފަދަ ބައްދަލުވުމެއް ދެން ބާއްވާނެ ތާރީޚެއް މިހާތަނަށް ކަނޑައަޅާފައި ނުވި ނަމަވެސް ދެ ގައުމަށް ފަސޭހަ ތާރީޚެއްގައި ދެވަނަ ބައްދަލުވުމެއް ބާއްވަން އެއްބަސްވެފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތަށް އިންޑިއާ އިން އެއްބާރުލުން ދޭނެ ކަން ހާމަކޮށްފައިވާއިރު، އަންނަ މާޗު މަހުގެ 15 ދުވަހުގެ ކުރިން، ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖެ އިން ބޭލުމަށް ރައީސް ޑރ. މުއިއްޒު ވަނީ އިންޑިއާ އަށް ހުށަހަޅުއްވައިފަ އެވެ. އެ މަނިކުފާނު އެ ކަން ހުށަހެޅުއްވީ ދެ ގައުމުގެ މަތީ ފެންވަރުގެ ބޭފުޅުންގެ މިއަދުގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގެ އެޖެންޑާގައި އޮތީ ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވި ގޮތް ހިމަނައިފަ އެވެ.

އެފަދަ ބައްދަލުވުމެއް ދެން ބާއްވާނެ ތާރީޚެއް މިހާތަނަށް ކަނޑައަޅާފައި ނުވި ނަމަވެސް ދެ ގައުމަށް ފަސޭހަ ތާރީޚެއްގައި ދެވަނަ ބައްދަލުވުމެއް ބާއްވަން އެއްބަސްވެފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *