Tuesday, 28 July 2026

ރައީސްގެ ތަހުނިޔާ އާޒިމްއަށް!

މާލޭގެ މޭޔަރު ހޮވުމަށް މިއަދު ބޭއްވި ބައި -އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް، އާދަމް އާޒިމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުން ވިދާޅުވީ އިންތިހާބުން ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދެންނެވުމަށް ރައީސް މުއިއްޒު، އާޒިމަށް ގުޅުއްވި ކަމަށެވެ. ރައީސް ދެއްކެވި ވާހަކަފުޅުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން މާލެ ސިޓީ ކައުންސިލަށާ އަދި މޭޔަރަށް ދެއްވާނެ ކަން ފާހަގަ ކުރެއްވި ކަމުގައި ރައީސް އޮފީހުން ވިދާޅުވިއެވެ.

އަދި ރައްޔިތުން ބޭނުންވާ ކަންކަމުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދީގެން މާލެ ސިޓީ ކައުންސިލުން މަސައްކަތްކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވި ކަމަށްވެސް ރައީސް އޮފީހުން ހާމަކުރެ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ވަގުތީ ނަތީޖާތައް ދައްކާ ގޮތުގައި، އާޒިމަށް ވަނީ 7،621 ވޯޓު ލިބިވަޑައިގެންފައެވެ. އޭނާއާ އެންމެ ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރެވެ. އާޒިމާ އަށް 5،032 ވޯޓު ލިބިވަޑައިގެންފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *