Tuesday, 28 July 2026

ރާއްޖެއަކީ ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން – ރައީސް

ރާއްޖެއަކީ ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫންކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރު ނިންމާލެއްވުމަށްފަހު ރައީދް ޑރ. މުއިއްޒު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ދިވެހިރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް އެހެން ގައުމުތަކުން ގަނާ ކުރުމަށް ފުރުސަތު ނުދެއްވާނެ ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރާއްޖެއަކީ ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫންކަމަށާއި، ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެކެވެ.

އެހެންކަމުން މި ޓެރިޓޯރިއަލް އިންޓަގްރިޓީ އަސާސްއަކީ ޗައިނާއިން ވަރަށް ބޮޑަށް ރާއްޖެއަށް އިހުތިރާމް އަދާ ކުރާ އަސާސެއް ކަމަށް ރައީސްވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންނަކީ މި ކަނޑުގައި ރަށްތަކުގެ ސައިޒު ކިތަންމެ ކުޑަޔަސް، އެކްސްކްލޫޒިވް އިކޮނޮމިކް ޒޯން ވަރަށް ބޮޑު ނުވަ ލައްކަ އަކަ ކިލޯމީޓަރުގެ ބޮޑު ގައުމެއް. މި ކަނޑުގައި އެއް ގައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތް އެއް ގައުމަކަށް ވާނެ ދިވެހިރާއްޖެ. ވަކި ގައުމެއްގެ މިލްކެއް ނޫން މި ކަނޑަކީ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިންޑިއާ ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫން ކަމަށާއި ރާއްޖޭގެ ހިއްސާ ވެސް މި ކަނޑުގައި ބޮޑު ކަމަށެވެ.

ރައީސް ނުސީދާ ގޮތެއްގައި އިންޑިއާއަށް ފާޑު ވިދާޅުވެފައިވާއިރު، މި ފަހުން އިންޑިއާއިން ލަކްޝަދްވީޕުގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމާ އެކު ސަރުކާރުގެ ނައިބު ވަޒީރުންގެ ގޮތުގައި ތިއްބެވި ތިން ބޭފުޅަކު އެ ގައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކުރި މައްސަލައެއްގައި ދެ ގައުމުގެ ގުޅުމަށް ވަނީ އަސަރުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *