މިދިޔަ ބުދަ ދުވަހު މާލެ ސަރަހައްދަށް ކުރި ވިއްސާރައިގައި، މަންޓާ އެއާގެ ސީޕްލޭން އަކަށް ގެއްލުންތަކެއް ވެއްޖެ އެވެ.
ބޯޓަށް ގެއްލުންވެފައިވާ މަންޒަރުތައް ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލްމީޑިއާގައި ދައުރުވަމުންދާއިރު ވީޑިއޯ އިން ފެންނަނީ ބޯޓުގެ ކުރީކޮޅު ފަޅައިގެން ގޮސްފައިވާ މަންޒަރެވެ.
މަންތާއިން ވަނީ އެ ހާދިސާ ހިނގާފައި ވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު، މާލެ އަތޮޅު ފަޅެއްގެ ޑޮކެއްގައި އެ ބޯޓު އަޅާފައި އޮއްވައި ކަހާލައިގެން ގޮސް ކަމަށް ބުނެފަ އެވެ. އަދި އެކަމަކު މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށްވެ އެވެ.
ރާއްޖެއަށް މިދުވަސްވަރަކީ މޫސުން ގޯސް ދުވަސް ވަރަކަށް ވާތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ދަނީ އިލްތިމާސް ކުރަމުންނެވެ.


