Tuesday, 28 July 2026

ވީއައިއޭގައި ރެކޯޑް އަދަދަކަށް ފްލައިޓް މޫވްމެންޓް ހަދައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެއާ ޓްރެފިކް މޫވްމަންޓްގެ އާ ރެކޯޑެއް ހަދައިފި އެވެ.

ވީއައިއޭ ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނި ގޮތުގައި މިމަހުގެ ހަ ވަނަ ދުވަހު ޖުމްލަ 925 އެއާ ޓްރެފިކް މޫވްމެންޓް ހަދާފައިވެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު އިންޓަނޭޝަނަލް 104 ދަތުރާއި ޑޮމެސްޓިކް 116 ދަތުރާއި ސީޕްލޭން 672 ދަތުރާއި ޖެޓްތަކުގެ 33 ދަތުރުކޮށްފައިވެ އެވެ.

އެމްއޭސީއެލް އިން ބުނީ، އެއާ ޓްރެފިކް މޫވްމަންޓްގެ އާ ރެކޯޑެއް ހެދި އިރު މިއީ މިހާތަނަށް އެއާޕޯޓުގެ ތާރީހުގައި ވެސް އެންމެ ގިނަ ސީޕްލޭން ދަތުރުގެ މޫވްމަންޓް ރެކޯޑު ކުރެވުނު ފަހަރު ކަމަށެވެ. މީގެ ކުރިން އެންމެ ގިނަ މޫވްމެންޓްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ 861 މޫވްމެންޓް އެވެ.

އާ އަހަރާ ދިމާކޮށް ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާއިރު މިއަހަރުގެ މިހާތަނަށް 50،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *