މި އަހަރުގެ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ މާޗު މަހުގެ 17 ގައި ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) ނިންމައިފި އެވެ.
މި ނިންމުމާއެކު މަޖިލިސް އިންތިހާބު އޮންނާނީ މާޗު މަހުގެ 11 ގައި ފެށޭ ރޯދަ މަހުގެ ހަ ވަނަ ދުވަހު އެވެ.
ކޮމިޝަނުން ބުނީ މަޖިލިސް އިންތިޚާބު ރޯދަ މަހުގެ ފަހުން ރައްޔިތުންގެ މަޖިލިސް ބާއްވާން އިދާރީ ގޮތުން ދަތިތަކާ ދިމާވާތީ އާއި އީދު ބަންދަށް ފަހު ފެށޭ ހަފުތާ އަކީ ސްކޫލުތަކުގެ އިމްތިހާން ދުވަސްވަރަށް ވުމުގެ އިތުރަށް އާއި ރޯދަ މަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވާތީ މަޖިލިސް އިންތިޚާބު ބޭއްވުމަށް ރޯދަ މަހުގެ ފުރަތަމަ ހަފްތުގެ ފަހު ދުވަސް ބާއްވަން ނިންމީ ކަމަށެވެ.
މަޖިލިސް އިންތިހާބު ރޯދަ މަހު ބާއްވަން ނިންމި އިރު، މިކަމާ އެމްޑީޕީން ދާދި ފަހުން ކަންބޮޑުވުން ފާޅުކުރި އެވެ. އެ ޕާޓީން ބުނެފައި ވަނީ ރޯދަ މަހު އިންތިހާބު ބާއްވަން އުޅެނީ ސަރުކާރުގެ ނުފޫޒުން ކަމަށެވެ.
މަޖިލީހުގެ 20 ވަނަ ދައުރަށް މެންބަރުން އިންތިހާބުގައި ޖުމްލަ 93 މެންބަރަކު ހޮވާނެ އެވެ.
މިހާރު 87 މެންބަރުން ތިއްބަވާ 19 ވަނަ މަޖިލީހުގެ ދައުރު މި އަހަރުގެ މެއި 28 އަށް ހަމަވާނެ އެވެ.


