Tuesday, 28 July 2026

ދެވަނަ ޓާމަށް މާލޭ ޖަލު ބަންދުކޮށްފި

ސްކޫލުތަކުގެ ދެވަނަ ޓާމުގެ ކިޔެވުން މާދަމާ ފެށެންވާއިރަށް މާލޭ ޖަލު ބަންދުކޮށްފި އެވެ.

މިދިޔަ އޮގަސްޓު މަހު، ދަރުމަވަންތަ ސްކޫލު ބޭނުންކުރަން ފެށިއިރު ވެސް ބެލެނިވެރިންގެ ކަންބޮޑުވުމަކީ ސްކޫލުގައި ހޯލެއް ނެތުމެވެ. މިނިސްޓްރީން ކުރިން ވެސް ހަމަޖައްސާފައި އޮތީ، ސްކޫލާއި ޖެހިގެން އޮތް ޖަލު ހުސްކުރުމަށްފަހު އެ ތަނުގައި ހޯލު އަޅާށެވެ. ނަމަވެސް އެކި މައްސަލަތަކާހެދި ކިޔަވަން ފެށުނު އިރު ވެސް އޮތީ އެ ބިން ނުލިބި އެވެ.

ޖަލު ބަންދުކުރި ނަމަވެސް އާންމުންނަށް ފޯރުކޮށްދެމުންދާ ހިދުމަތްތައް މިމަހުގެ 12 ވަނަ ދުވަހާ ހަމައަށް އެ އިމާރާތުގެ ކައުންޓަރުން ލިބޭނެ ކަމަށްވެސް ކަރެކްޝަނުން ބުންޏެވެ.

"ޖަލު ބަންދުރަން ނިންމީ، ޖަލާ ޖެހިގެން ކުރީގެ ސަރުކާރުން އިމާރާތްކޮށްފައިވާ ދަރުމަވަންތަ ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންނަށް އެތަނުގައި ޖަލެއް ހުރުމުގެ ސަބަބުން ނުރަނގަޅު އަސަރުކުރަމުން އަންނާތީ، ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު،" ކަރެކްޝަންގެ ބަޔާނުގައިވެ އެވެ.

މާލޭގައި އެ ޖަލު ބޭނުން ކުރަން ފެށީ 2008ވަނަ އަހަރު އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *