ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ހުރިހާ ފްލެޓްތަކެއްގެ ކުލި މިސަރުކާރުން ކުޑަކޮށްފިއެވެ.
މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިނު އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިނަށް ހުޅުމާލެ ފޭސް އެކެއްގައި ދިރިއުޅޭ މީހުންނާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ހުޅުމާލެ ތަރައްގީ ކުރީ މާލޭގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.
މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިނު އާއިޝަތު އާޒިމާ ޝަކޫރުގެ ކެމްޕެއިނަށް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ މީހުންނާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ހުޅުމާލެ ތަރައްގީ ކުރީ މާލޭގެ ބޯހިޔާވަހިކަމަށް ހައްލެއް ހޯދައިދިނުމަށް ކަމަށެވެ.
"ފުރަތަމަ ފިޔަވަހީގައި ހުރި ފްލެޓްތަކުގެ މަހުން މަހަށް ދައްކަން ޖެހޭ އަދަދަކަށް އަދި ސަރުކާރަކުން ލުޔެއް ނުދޭ. ގާތްގަނޑަކަށް 4000ރ. އިން ގޮސް 7000ރ. އާ ހަމައަށް ނޫނީ 6000ރ. އަދި މެއިންޓަނެންސް ފީ މި ދައްކަނީ ފޭސް އެކެއްގެ ފްލެޓްތަކަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެލުއި ރައްޔިތުންނަށް ދެނީ އިގްތިސޯދުގެ ހާލަތު ހުރި ގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހީނަރުވެފައިވާތީ ރައްޔިތުންގެ އާމްދަނީ ވަރަށް ކުޑަވެގެން ދެއްކެން އޮތް ކުއްޔެއް ދެއްކެނީ ވަރަށް ހާލުން ކަމަށްވާތީ ސަރުކާރުގެ ފަރާތުން އެހީތެރިކަމެއް ދޭން ބޭނުންވާތީ ކަމަށެވެ.
މެއިންޓަނެންސް ފީ ގެ ކަންތަކުގައި އާބަންކޯއިން މަސައްކަތް ކުރާނެ ކަމަށާއި ހައުސިން މިނިސްޓްރީން ބަލަހައްޓާ ފްލެޓްތަކުގެ ފީ ވެސް އާބަންކޯ އާ ސަރުކާރުން ގުޅިގެން ހައްލެއް ގެނައުމަށް މަސައްކަތް ކުރަމުންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.


