Tuesday, 28 July 2026
ރައީސް މިއަދު ގެއްލުންވި ގެއަކަށް ވަޑައިގެން އެ ގޭގައި ދިރިއުޅޭ ރައްޔިތުންގެ ހާލު ބައްލަވަނީ. ފޮޓޯ- ސޯޝަލް މީޑިޔާ

ވާރޭގައި ގެއްލުން ލިބުނު ބައެއް ގެތަކަށް ރައީސް ޒިޔާރަތް ކުރައްވައިފި

މާލެ އަށް ކުރަމުން އަންނަ ވިއްސާރައިގައި ގެއްލުންވި ބައެއް ގެތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ޒިޔާރަތް ކުރައްވައި ހާލަތު ބައްލަވާލައްވައިފި އެެވެ.

އެ ގޭގެ އަށް ރައީސް ވަޑައިގަތީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫނާއި ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފްގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓުގެ އިސްބޭފުޅުންނާ އެކުގަ އެވެ.

ރައީސް ވަނީ ގެއްލުން ލިބުނު ގެތަކުގައި ދިރިއުޅޭ މީހުންނާ ވާހަކަފުޅު ދައްކަވައި ސަރުކާރުން އެހީ ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.

ރެއިން ފެށިގެން މާލެއަށް ވެހުމުންދާ ވާރޭގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ބައެއް ގެތަކަށާއި ފިހާރަތަކަށް ވަނީ ފެން ވަދެފައެވެ. އަދި ބައެއް ގޭގޭގައި ހިފައި ގެންގުޅޭ ތަކެއްޗަށް ވަނީ ގެއްލުން ލިބިފައެވެ. މާލޭގައި އެންމެ ބޮޑަށް ފެން ބޮޑުވެފައި ވަނީ މާފަންނުގެ ސަރަހައްދުތަކުގައެވެ. މާލޭގައި ފެން ބޮޑުވުމާ ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން އަންނަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.

ރާއްޖެ އަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގައި ފަސް ރަށަކަށް ގެއްލުން ލިބިގެން، ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި މާލެ ސިޓީގެ އިތުރުން ފ. ނިލަންދު އާއި ކ. ގުރައިދު އާއި ލ. ގަމާއި އެ ރަށާ ގުޅިފައި އޮންނަ ފޮނަދޫ އަދި އައްޑޫ މަރަދޫންނެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *