Tuesday, 28 July 2026

ބޯކޮށް ވާރޭވެހި ފުވައްމުލަކުގެ 15 ގެއަކަށް ގެއްލުންވެއްޖެ

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ފުވައްމުލަކުގެ 15 ގެއަކަށް ފެން ވަދެ، ހިފާ ގެންގުޅޭ ސަމާނަށް ގެއްލުންވެއްޖެ އެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ން ބުނީ ފުވައްމުލަކަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން، އެ ސިޓީގެ ބައެއް އަވަށްތަކުގެ ގެތަކުގައި ފެން ބޮޑުވެފައިވާ ކަމަށެވެ. ފެން ވަދެ ގެއްލުން ލިބިފައިވާ، ގެތަކުގެ ހާލަތު ވަޒަންކުރަމުންދާ ކަމަށް އެންޑީއެމްއޭން ބުންޏެވެ.

ނަމަވެސް އެއްވެސް ގެއަކުން މީހުން ހުސްކުރަން ޖެހޭފަދަ ހާލަތަކަށް ގޮސްފައި ނުވާ ކަމަށް މައުލޫމާތު ދެއެވެ.

ފުވައްމުލަކުގައި ބޮޑުވި ފެންގަނޑު ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް، ފުލުހުން، ސިޓީ ކައުންސިލް އަދި އެ ރަށު ރައްޔިތުން ވަނީ ކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *