Tuesday, 28 July 2026

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއްވަނައަށް އިންޑިއާ

ރާއްޖޭގެ ފަތުރުވެރިކަމުގެ އެއްވަނަ މާކެޓަށް އިންޑިއާ އަނެއްކާވެސް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު އިންޑިއާއިން މި އަހަރުގެ މިހާތަނަށް 205،278 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އިންޑިޔާ ރާއްޖޭގެ އެއްވަނަ މާކެޓަށް އަރާފައި މިވަނީ ރަޝިޔާ ފަހަތަށް ޖައްސާލުމަށް ފަހުގަ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ދެވަނައިގައި އޮތް ރަޝިއާއިން މި އަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވަނީ 203،539 ފަތުރުވެރިންނެވެ. ރަޝިއާ ފަހަތަށް ޖައްސާލުމަށްފަހު މިއަހަރުގެ ޖޫން މަހުގެ ތެރޭގައިވެސް މާކެޓްގެ އެއްވަނައަށް އިންޑިއާ އެރި އެވެ.

މިހާރު ފަތުރުވެރިކަމުގެ ގަދަ 10 އެއްގައި ހިމެނޭ ޤައުމުތަކަކީ:

  • އިންޑިއާ – 205،278 ފަތުރުވެރިން
  • ރަޝިއާ – 203،539 ފަތުރުވެރިން
  • ޗައިނާ – 185،761 ފަތުރުވެރިން
  • އިނގިރޭސިވިލާތް – 152،284 ފަތުރުވެރިން
  • ޖަރުމަނު – 132،188 ފަތުރުވެރިން
  • އިޓަލީ – 111،272 ފަތުރުވެރިން
  • އެމެރިކާ – 73،079 ފަތުރުވެރިން
  • ފްރާންސް – 47،968 ފަތުރުވެރިން
  • ސްޕެއިން – 39،688 ފަތުރުވެރިން
  • ސްވިޓްޒަލޭންޑް – 36،258 ފަތުރުވެރިން

 

 ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ މިހާތަނަށް 1.83 މިލިއަން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި 1.63 މިލިއަން ފަތުރުވެރިންނާ އަޅާބަލާއިރު 12.3 ޕަސަންޓް އިތުރު މިންވަރެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *