ރައީސް ޔާމީން މިނިވަން ކުރުމުގެ ބާރު އޮތީ ޖުޑީޝިއަރީގެ އަތްމަތީގައި ކަމަށާއި ސަރުކާރުން ޖުޑީޝިއަރީއަށް އަތް ނުބާނާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު، މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރެއްވި ދުވަހު ދެއްވި ހިތޯބުގައި ސަރުކަރުން ޖުޑިޝަރީ ތެރެއަށް އަށް ބޭނުން ނިމުމަކަށް އައިސްފައިވާކަން ފާހަގަ ކުރެއްވި ކަމަށެވެ. އެހެން ކަމުން ދެނެއް ސަރުކާރުން ޖުޑިޝަރީ ތެރެއަށް އަށް ބާނައި، ކޯޓުތަކުގެ ޝަރީއަތްތަކަށް ނުފޫޒު ނުފޯރުވާނެ ކަމަށް ޝަހީބް ފާހަގަ ކުރެއްވިއެވެ.
އެހެން ކަމުން އެދުވަހުން ފެށިގެން ކޯޓުތަކަށް އަށް ބާނައިގެން ހަޑި ހޭވުން ނިމިފައިވާ ކަމަށާއި ރައީސް ޔާމީން މިނިވަން ކުރުން އޮތީ ޖުޑިޝަރީ އަށްމަތީގައި ކަމަށް ޝަހީބް ވިދާޅުވިއެވެ.
ޝަހީބު ވިދާޅުވީ ރައީސް ޔާމީން މިވަގުތު ހުންނެވީ ޝަރުއީ ހުކުމެއްގައިކަމުން އެމަނިކުފާނާ ސިޔާސީ ފަރާތްތައް ބަދަލު ނުކުރެއްވޭނެ ކަމަށާއި ސިޔާސީ އެއްވެސް ހަރަކާތެއްގައި އެމަނިކުފާނަށް ބައިވެރިވެވަޑައިނުގެންނެވޭނެ ކަމަށް ޝަރުތުކޮށްފައިވާ ކަމަށް ކަރެކްޝަނަލް ސާވިސްއިން މައުލޫމާތު ދީފައިވާ ކަމަށެވެ.
"ރައީސް ޔާމީނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައި ނުވަތަ މަޝްވަރާ ކުރައްވައި ނުވަތަ ފޯނުން ވެސް އެކަހަލަ ކަމެއް ކުރެއްވުމަކީ ގާނޫނީ ގޮތުން ރަނގަޅު ކަމެއްގެ ގޮތުގައި [ރައީސް މުއިއްޒު] ދެކެވަޑައެއް ނުގަންނަވާ،" ޝަހީބް ވިދާޅުވިއެވެ.


