Tuesday, 28 July 2026

އެމްޑީޕީގެ މެމްބަރުންތަކެއް ޕީޕީއެމްއަށް ސޮއި ކުރަނީ

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ މެމްބަރުންތަކެއް ވެރިކަން ކުރާ ޕާޓީ، ޕީއެންސީ އަށް މިރޭ ސޮއިކުރައްވަން ނިންމައިފި އެވެ.

އެނގިފައިވާ ގޮތުގައި އެމްޑީޕީގެ 15 މެންބަރަކު ޕީއެންސީ އަށް ގެންނަން ވާހަކަތަކެއް ދެކެވެމުން އަންނަ އިރު، މިރޭ ސޮއިކުރައްވާނީ ހަތަރު މެމްބަރެކެވެ. ޕީއެންސީގެ ޖަލްސާއެއް މިރޭ ދަރުބާރުގ ގޭގައި ބާއްވަން ވެސް ހަމަޖެހިފައިވެ އެވެ. އެ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވަވައިގަންނަވާނެ އެވެ.

އެމްޑީޕީގެ މަޖިލިސް މެންބަރުންތަކެއް ޕީއެންސީ އަށް ސޮއިކުރައްވައި ފޯމްތައް ހަވާލުކުރައްވާނީ ވެސް ރައީސް މުއިއްޒާ އެވެ.

އެމްޑީޕީ އަށް ވެރިކަން ގެއްލުނު ފަހުން އެ ޕާޓީގެ މަޖިލިސް މެމްބަރުންތަކެއް ޕީއެންސީއާ ގުޅެން އުޅޭކަމުގެ ވާހަކަތަކެއް ދެކެވެމުން އައިސްފައިވެ އެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން އެމްޑީޕީގެ ޕީޖީ ގްރޫޕުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

މަޖިލީހުގައި މިހާރު އެ ޕާޓީގެ 56 މެމްބަރަކު ތިއްބަވަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *