Tuesday, 28 July 2026

ހަފްތާ ބަންދަށް މޫސުން ގޯސްވާނެ – މެޓް

ކުރިއަށް އޮތް ތިން ދުވަހު ވެސް ރާއްޖެ އަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުނެފި އެވެ.

މިއަދު ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފައިވާ އިރު، މޫސުމާ ބެހޭ އިދާރާ އިން ބުނީ މި މަހުގެ 23 ގައި އިރުވައި މޫސުމާ ކުރިމަތިވެފައިވާ އިރު، ކުރިއަށް އޮތް ތިން ދުވަހު އުތުރާއި މެދުރާއްޖެ ތެރޭގައި ގަދަވަޔާ އެކީ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.

އަދި ބައެއް ރަށްތަކަށް ގުގުރުމާ އެކީ ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށް ބުންޏެވެ. އެހެންވެ ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުތައް ކުރަން ސަމާލުމަށް އެދިފައިވެ އެވެ.

މިއަދު އައްޑު އަށް ވަރަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އަވަށްތަކުގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެ، އެކަމުގެ ދަތިތަކާ ކުރިތިވެފައިވެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *