ރާއްޖޭގައި ކްރިސްމަސް ފާހަގަ ކުރުމުގެ ގޮތުން އެއްވެސް ހަރަކާތެއް ނުހިންގުމަށާއި އެފަދަ ދުވަހެއް ފާހަގަ ކުރާ ނަމަ، ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން މިރޭ ހާމަކޮށްފިއެވެ.
ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާ އަހަރާ ގުޅިގެން ކްރިސްޓިއަނުން ފާހަގަކުރަމުންދާ ކްރިސްމަސް ފާހަގަކުރުމަށް އެއްވެސް ހަރަކާތެއް މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ކުރިއަށް ނުގެންދިއުމަށް އިލްތިމާސް ކުރާ ކަމަށެވެ.
މިއީ ރާއްޖޭގެ ގާނޫނާއި ގަވައިދުތަކުގައި މަނާކޮށްފައި އޮތް ކަމެއް ކަމަށް ވެސް ފުލުހުން ހަނދާންކޮށް ދީފައިވެއެވެ.
"އެހެންކަމުން ކްރިސްމަސް ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި އެއްވެސް ހަރަކާތެއް ނުހިންގުމަށާއި މިފަދަ ހަރަކާތްތައް ހިންގާ ފަރާތްތަކާ މެދުގައި ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ، ފުލުހުންގެ ބަޔާނުގައިވެއެވެ.
ކްރިސްމަސް ފާހަގަނުކުރަން ކަމާ ގުޅޭ އިދާރާތަކުން ކޮންމެ އަހަރަކު އެންގި ނަމަވެސް ބައެއް ގެސްޓްހައުސްތަކުގައި ކްރިސްމަސް ފާހަގަކުރެ އެވެ.


