Monday, 26 October 2026

ދެ މިނިސްޓްރީ ވަކިކޮށް ތަކެތި ބަދަލުކުރުމުގެ ތެރޭގައި ބައެއް ސާމާނު ގެއްލިއްޖެ

މިނިސްޓްރީއެއްގެ ސާމާނު ގެއްލުނު މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި އެވެ.

މި މައްސަލަ އަކީ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރީގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ ދެ މިނިސްޓްރީއަކަށް ބަދަލުކޮށް، ތަކެތި ބަދަލުކުރުމުގެ ތެރޭގައި އެ މިނިސްޓްރީން ބައެެއް ތަކެތި "ވީނުވީއެެއް ނޭނގި ގެއްލިގެން" ހުށަހެޅި މައްސަލައެކެވެ.

މިފަދަ މައްސަލައެއް ބަލަމުން އަންނަކަން ފުލުހުން ކަށަވަރުކޮށް ދިން ނަމަވެސް އިތުރު ތަފުސީލެއް ނުދެ އެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި ގެއްލިގެން ރިޕޯޓްކުރި ތަކެތީގެ ތެރޭގައި ކުރީގެ ޔޫތު މިނިސްޓްރީގެ އައިޓީ ރޫމުގައި ހުރި ދެ ސީޕީޔޫ އާއި ސާވަ ރޫމުގައި ހުރި ދެ މޮނިޓަރަކާއި އެ މިނިސްޓްރީގެ ނަމާދު ކުރާ ކޮޓަރީގެ ކުރިމަތީގައި ހުރި ހަތަރު މޮނިޓަރަކާއި މީޓިން ރޫމްގައި ހުރި 65 އިންޗީގެ ޓީވީއެއް ހިމެނެ އެވެ.

ކުރީގެ ޔޫތު އެންޑް ސްޕޯޓް މިނިސްޓްރީ އާ ސަރުކާރުން މިނިސްޓްރީއަކަށް ހަދައި، ޔޫތު މިނިސްޓަރަކަށް އައްޔަންކޮށްފައި ވަނީ އިބްރާހީމް ވަހީދު އަސްވާޑު) އެވެެ. އަދި ސްޕޯޓް މިނިސްޓަރަކީ އަބްދުﷲ ރާފިއު އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *