Tuesday, 28 July 2026

އިހި ހިފަން އެރުނު ޒުވާނަކު ގެއްލިގެން ހޯދަނީ

އައްޑޫސިޓީ މަރަދޫއިން އިހި ހިފަން ނިކުތް ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަން ފަށާފައިވަނީ، މުހައްމަދު ނާއިޝް ނަސްރު، 18އ.، ކުރެދުމާގެ / ސ. މަރަދޫއެވެ. އޭނާ ގެއްލިގެން އެމްއެންޑީއެފް ރިޕޯޓްކޮށްފައިވަނީ މިރޭ 22:10 ހާއިރުއެވެ. އަދި އޭނާ ހޯދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

މައުލޫމާތު ލިބުނު ގޮތުގައި، ގަމުގެ ދެކުނު ފަރާތަށް އިހި ނަގަން ފޭބި ތިން މީހުންގެ ތެރެއިން ގެއްލިފައިވަނީ 18 އަހަރުގެ ނައިޝް އެވެ. އޭނާ ގެއްލުނުއިރު ލައިގެން ހުރީ އަތްދިގު ހުދު ކުލައިގެ ޓީޝާޓެއްކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ގެއްލުނު މީހާ ހޯދުމުގެ މަސަައްކަތުގައި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "ދޮށިމޭނާ" އާއި "ހާބަރކްރާފްޓް 105″، ޑައިވަރުންގެ ޓީމަކާއެކު މިހާރު އެ ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ނާއިޝް ގެއްލިފައިވަނީ އައްޑޫސިޓީ ގަމުގެ ދެކުނުގެ ފަރާތަށް އިހި ހިފަން އެރި އުޅެނިކޮށެވެ. އޭނާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު މަރަދޫ އަވަށު އޮފީހުން ވަނީ އޭނާ ހޯދުމަށް ވީހާވެސް ގިނަ ބައެއްގެ އެހީތެރިކަމަށް އެދިފައެވެ. ޒުވާނާ ހޯދުމުގެ މަސައްކަތުގައި ހަރަކާތް ތެރިވުމަށް މަރަދޫ މަސް ދޯނި ފަހަރުތައްވެސް ނިކުމެފައިވާ ކަމަށް އައްޑޫލައިވް އަށް ވަނީ މައުލޫމާތު ލިބިފައެވެ.
ރާއްޖޭގައި މަދުން ނަމަވެސް މޫދަށް އެރިއުޅޭ މީހުން ގެއްލެއެވެ. ކަމާއި ބެހޭ އިދާރާތަކުން އަބަދުވެސް އިލްތިމާސް ކުރަނީ މޫދަށް އެރި އުޅޭއިރު މިފަދަ ކަންކަމަށް ސަމާލުވެ އުޅުމަށެވެ.
ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *