Monday, 26 October 2026

ގާސިމް މިފަހަރުވެސް މަޖިލީހަށް ވާދަކުރައްވަނީ

އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް މާމިގިލީ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެކަން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލު ކުރެއްވުމަށްފަހު ރައީސް އޮފީހުން ނިކުމެވަޑައިގެން ނޫސްވެެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވަނީ ކުރިއަށް އޮތް މަޖިލީހަށް ވެސް ކުރިމަތި ލައްވާނެ ކަމަށް ވިދާޅުވެ ފައެވެ. އަދި ކުރިމަތި މާމިގިލީ ގޮޑިއަށް ކަމަށް ވިދާޅުވި އެވެ.

ފާއިތުވި ތިން ދައުރުގައި ވެސް މާމިގިލީ ދާއިރާގެ ގޮނޑި ފުރުއްވީ ގާސިމް އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭގޮތުން މަޝްވަރާ ކުރަން މިދިޔަ މަހުގެ ފަހުކޮޅު ޖުމްހޫރީ ޕާޓީގެ ޓީމެއް ވަނީ ވެރިކަން ކުރާ ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޭފުޅުންނާއެކު ބައްދަލުވުމެއް ބާއްވާފަ އެވެ. ނަމަވެސް އޭގެފަހުން އެކަމާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެއް ނުވެ އެވެ.

ޖޭޕީގެ ޓީމުން ވަނީ މަޖިލިސް އިންތިހާބާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީއާއެކު ވެސް މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ އަހަރުގެ ކުރީކޮޅު ބާއްވާއިރު، ޖޭޕީން މިހާރު ވަނީ އެ ޕާޓީގެ ޓިކެޓަށް ކުރިމަތިލާން ހުޅުވާލާފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *