Tuesday, 28 July 2026

ޗައިނާއަށް އައި ބާރުގަދަ ބިންހެލުމުގައި 116 މީހުން މަރުވެ، ބޮޑެތި ގެއްލުންތަކެއް

ޗައިނާގެ ހުޅަނގު އުތުރުގައި އައި ބިންހެލުމެއްގައި އިމާރާތްތައް ވެއްޓި 116 މީހުން މަރުވެއްޖެ އެވެ.

ގަންސޫ ޕްރޮވިންސަށް ރޭ ދަންވަރުގެ ވަގުތެއްގައި އައި ބާރުގަދަ ބިންހެލުމާ ގުޅިގެން 105 މީހުން މަރުވެ 400 އެއްހާ މީހުން ޒަޚަމްވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ވަނީ ބުނެފަ އެވެ.

އަދި އަވަށްޓެރި ކިންހައި ޕްރޮވިންސްގެ ހައިޑޮންގް ސިޓީގައި ހިނގި ހަމަނުޖެހުންތަކުގައި އިތުރު 11 މީހުން މަރުވެ 100 މީހުން ޒަޚަމްވެފައިވާ ކަމަށް ދައުލަތުގެ ބްރޯޑްކާސްޓަރު ސީސީޓީވީން ބުނެއެވެ. ންހެލުމުގެ ސަބަބުން ގެތައް ވެއްޓި، އެހެނިހެން ބޮޑެތި ގެއްލުންތަކެއް ލިބި، ސަލާމަތަށް ޓަކައި މީހުން މަގުމައްޗަށް ދުވަމުން ދިޔަ ކަމަށްވެސް ބުނެފައި ވެއެވެ.

އަންގާރަ ދުވަހުގެ ފަތިހުން ފެށިގެން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު، ޗައިނާގެ ރައީސް ޝީ ޖިންޕިން ވަނީ އެ މީހުން ހޯދުކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް ގޮވާލައްވާފަ އެވެ. އޭނާ ވިދާޅުވީ އުސް ސަރަހައްދުގެ ފިނިހޫނުމިން ހުރީ ވަރަށް ދަށުގައި ކަމަށާއި ސެކަންޑަރީ ކާރިސާތަކުގައި ސަލާމަތްކުރާ ފަރާތްތަކުން ސަމާލުވާން ޖެހޭ ކަމަށެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ދައްކާގޮތުގައި 5.9 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައި ވަނީ ހައިޑޮންގް ހުންނަ ކިންގްހައިގެ ބޯޑަރު ކައިރީގައި އޮންނަ ގަންސޫއަށެވެ. އެ ބިންހެލުން އައި ގަންސޫ ޕްރޮވިންސްގެ ވެރިރަށް ލަންޒޫގެ ހުޅަނގު ދެކުނުން ގާތްގަނޑަކަށް 100 ކިލޯމީޓަރު (60 މޭލު) ދުރުގައި އޮންނަ ރަށެކެވެ.

ޒިންހުއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ދެވަނަ ބިންހެލުން އައިސްފައި ވަނީ 570 ކިލޯމީޓަރު ދުރުގައި އޮންނަ ޝާންޝީ ޕްރޮވިންސްގެ އުތުރުގެ ޝިއާން ސިޓީއަކަށެވެ.

ފުރަތަމަ އައި ބިންހެލުމާ ގުޅިގެން ކުދި ކުދި އާފްޓާޝޮކްތަކެއް އައި އިރު، ކުރިއަށް އޮތް ދުވަސްތަކުގައި 5.0 އަށް ވުރެ ބާރުމިނުގައި ބިންހެލުމެއް އަތުވެދާނެ ކަމުގެ އިންޒާރު އޮފިޝަލުން ވަނީ ދީފަ އެވެ.

ޔޫއެސްޖީއެސްއިން ވަނީ 5.2 މެގްނިޓިއުޑްގެ ބިންހެލުމެއް ޝިންޖިއާން ޕްރޮވިންސަށް މިއަދު ހެނދުނު އައިސްފައިވާކަމަށް ބުނެފަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *