Tuesday, 28 July 2026

ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި!

ގިނަ މުވައްސަސާތައް ގުޅިގެން ފާއިތުވެެދިޔަ ދެ ހަފްތާ ތެރޭގައި ހިންގި އޮޕަރޭޝަންތަކެއްގައި 5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ރާ އަތުލައިގެންފިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން، ފުލުހުން، ކަސްޓަމްސް އަދި އިމިގްރޭޝަން އާއި ކަރެކްޝަނަލް ސާވިސް ގުޅިގެން އުފައްދާފައިވާ ޓާސްކް ފޯސް އިން ފާއިތުވެދިޔަ ދެ ހަފްތާ ތެރޭގައި 5.5 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ރާ އަތުލަގަނެފައިވާ ކަމަށެވެ.

އިތުރު އޮޕަރޭޝަންތަކެއްގައި 53 ބިދޭސީއަކު ހައްޔަރު ކުރެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު އިހުސާން ވިދާޅުވިގޮތުގައި އެ މީހުން ހައްޔަރުކޮށްފައި ވަނީ ގާނޫނާއި ހިލާފުވެގެންނެވެ.

މި އޮަޕަރޭޝަންތަކާއި ގުޅޭގޮތުން އިތުރު މައުލޫލާތު މާދަމާ ހާމަކުރާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *