އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލްތަކަށް ހަމަލާދެމުން އަންނައިރު، އިޒްރޭލުން ޖަބަލިއާ އަދި ނުސީރަތު ރެފިއުޖީ ކޭމްޕްތަކަށް ދިން ހަމަލާތަކުގައި ގިނަ ބަޔަކު ޝަހީދުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
އަލްޖަޒީރާގައި ރިޕޯޓުކޮށްފައިވާ ގޮތުން މި ހަމަލާގައި އެކަނިވެސް 90 މީހުން ވަނީީ ޝަހީދުވެފަ އެވެ.
ފަލަސްތީނުގެ ސިނެމެޓޯގްރާފަރު ޔޫސުފް ބައްސާމް އިންސްޓަގްރާމްގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި ވާގޮތުން ޣައްޒާގެ މެދުތެރޭގެ ނުސީރަތު ރެފިއުޖީ ކޭމްޕަށް އިސްރާއީލުން އެންމެ ފަހުން ދިން ނުރައްކާތެރި ވައިގެ ހަމަލާގައި ހާލުގައި ޖެހުނު މީހުން ސަލާމަތްކުރާ ފަރާތްތަކުން ގެންދަނީ އެމްބިއުލާންސްގައި އުފުލަމުންނެވެ.
މިކަމާއި ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ޣައްޒާ ސިޓީގެ އަލް ޝިފާ ހޮސްޕިޓަލުގެ ހާލަތު "މުޅިން ބިރުވެރި މަންޒަރެއް" ގެ ގޮތުގައި ސިފަކޮށް، ކަމާލް އަދްވާން ހޮސްޕިޓަލް ހަލާކުކޮށްލުމަކީ ބިރުވެރި މަންޒަރެއްގެ ގޮތުގައި ސިފަކޮށްފަ އެވެ.
މީގެއިތުރުން ޣައްޒާގެ ދެކުނުގެ ރަފާ ސިޓީގައި މާޔޫސްކަން ބޮޑުވެ، ބަނޑުހައިހޫނު އަދި މާޔޫސްވެފައިވާ ފަލަސްތީނުން ދަނީ ފެނާއި ކާބޯތަކެތި ހޯދުމަށް އެހީގެ ޓްރަކްތައް ލޫޓުވަމުންނެވެ.
އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އިސްރާއީލުން ދިން ހަމަލާތަކުގައި ފަލަސްތީނުގެ 18،787 މީހުން ވަނީ ޝަހީދުވެފައެވެ. އިޒްރޭލުގައި މަރުވި މީހުންގެ އަދަދު ވަނީ 1140 އަށް އަރާފައެވެ.


